Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 7:20 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

ބްރެޒިލްގެ އެމެޒޯން އަށް ވެއްޓުނު ބޯޓު.

ބްރެޒިލް

ބްރެޒިލްގެ އެމެޒޯންއަށް ބޯޓެއް ވެެއްޓި 14 މީހަކު މަރުވެއްޖެ

ބޯޓު ވެއްޓިފައި ވަނީ ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ ފަހަނައަޅާ ދިޔުމުން ކަމަށް ބައެއް އޮފިޝަލުން ބުނޭ
17 ސެޕްޓެމްބަރު 2023

ސާދަ މީހުންނާ އެކު ދަތުރުކުރި ބޯޓެއް ބްރެޒިލްގެ އެމެޒޯން ޖަންގައްޔަށް ވެއްޓިއްޖެ އެވެ.

ބުރަފަތިލީ މި ކުޑަ މަތިންދާބޯޓު ވެއްޓިފައި ވަނީ އެމެޒޯނާސް ސްޓޭޓުގެ މަނާއުސް އިން ޖަންގަލި އަވަށެއް ކަމުގައިވާ ބާސެލޯސްއަށް ކުރި 400 ކިލޯމީޓަރު ދިގު ދަތުރު ނިމެނިކޮށެވެ. 

މި ކާރިސާގައި ބޯޓުން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. އެއީ 12 ފަސިންޖަރަކާއި ދެ ފަޅުވެރިއެކެވެ. ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމަށް ތަހްގީގެއް މިހާރު ވަނީ ފަށާފަ އެވެ.

އެމެޒޯންސް ސްޓޭޓުގެ ސެކިއުރިޓީއާ ބެހޭ ސެކްރެޓަރީ ވިނީސިއަސް އަލްމައިދާ ވިދާޅުވީ، ބޯޓު ވެއްޓިފައި ވަނީ ބޯ ވާރޭގައި ބާސެލޯސްއަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ ފަހަނައަޅާ ދެވުމުން ކަމަށް އިބްތިދާއީ މައުލޫމާތުތަކުން އެނގިފައިވާ ކަމަށެވެ.

މި ބޯޓު ނިސްބަތްވާ މަނާއުސް އެއިރޯޓެކްސީ ކުންފުންޏާ ހަވާލާދީ ބްްރެޒިލްގެ ހަބަރު ފަތުރާ ޖީ1 ވެބްސައިޓުން ބުނެފައިވާ ގޮތުގައި، މި ބޯޓު ދުއްވުމަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ހުންނާނީ ފުރިހަމަކޮށްފަ އެވެ.

"ބޯޓު ވެއްޓުނު ވަގުތުން ފެށިގެން އަހަރުމެންގެ ޓީމުން އަންނަނީ ހަރަކާތްތެރިވަމުން ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް،" އެމެޒޯނާސްގެ ގަވަރުނަރު ވިލްސަން ލީމާ އެކްސްގައި ލިޔުއްވި އެވެ.

"މަރުވި މީހުންގެ އާއިލާ އާއި  ރަހުމަތްތެރިންނަށް ކެތްތެރިކަން ދެއްވުމަށް އަހަރެން ދުއާކުރަން."

ބްރެޒިލްގެ އެމެޒޯންއަށް ބޯޓެއް ވެއްޓުމާ ގުޅޭ (ވީޑިއޯ/ޓައިމްސް އޮފް އިންޑިއާ)

ބާސެލޯސްގެ މޭޔަރު އެޑްސަން ޑި ޕޯލާ ރޮޑްރީގޭސް މެންޑޭސް ސީއެންއެންއަށް ވިދާޅުވީ މި ބޯޓު ޗާޓަރު ކޮށްފައި ވަނީ ގޭމް ފިޝިންގް ހިންގާ ސަރަހައްދީ ވިޔަފާރި ވެރިއެއް ކަމަށެވެ.

ގައުމީ ގިނަ ޕާކުތަކެއް ކައިރީ އޮންނަ ބާސެލޯސްއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އަދި ސެޕްޓެމްބަރު މަހަކީ މި ސަރަހައްދުގައި މަސްވެރިކަމަށް އެންމެ ރަނގަޅު ދުވަސްވަރެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް