Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 6:11 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކެނެޑާ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ

ކެނެޑާ

އިންޑިއާއާ އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މިޝަން ކެނެޑާއިން މަޑުޖައްސާލައިފި

ކެނެޑާގައި އިންޑިއާ މީހުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން އިންޑިއާއިން ވަނީ ނުރުހިފައި
17 ސެޕްޓެމްބަރު 2023

އަންނަ އޮކްޓޯބަރު މަހު ވިޔަފާރީގެ މަޝްވަރާތައް ކުރުމަށް އިންޑިއާއަށް ފޮނުވަން ތާވަލުކޮށްފައި އޮތް މިޝަން ފަސްކޮށްފައިވާ ކަމަށް ކެނެޑާއިން އިއުލާނު ކޮށްފި އެވެ.

މިކަން އިއުލާނުކޮށްފައި ވަނީ ކެނެޑާގެ ވިޔަފާރިއާ ބެހޭ ވަޒީރު މޭރީ އޭންގްގެ ތަރުޖަމާނު ހުކުރު ދުވަހު އެވެ. ނަމަވެސް ފަސްކުރި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.

"މިވަގުތު އަހަރުމެން މި ނިންމީ އިންޑިއާއަށް ފޮނުވުމަށް އޮތް ވިޔަފާރީގެ މިޝަން ފަސްކުރުމަށް،" ތަރުޖަމާނު ޝަންޓީ ކޮސެންޓީނޯ ވިދާޅުވި އެވެ.

"ކެނެޑާގައި ހިނގަމުން އަންނަ ސިޔާސީ ކަންތައްތަކުގެ" ސަބަބުން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމާ ގުޅޭ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށް ނަން ނުޖެހުމަށް އެދި ނޫސްވެރިންނަށް ހުކުރު ދުވަހު މައުލޫމާތު ދެއްވި އިންޑިއާގެ އޮފިޝަލުންތަކެއް ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާ އާއި ކެނެޑާއާ ދެމެދު އޮތް ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ގުޅުން މިއަހަރު ނިމުމުގެ ކުރިން ބަދަހިކުރުމަށް ބޭނުންވާކަމަށް ހާމަކޮށް، މި ދެ ގައުމުގެ ވިޔަފާރިއާ ބެހޭ ވަޒީރުން މި އަހަރުގެ މޭ މަހު ވަނީ ގުޅިގެން ބަޔާނެއް ނެރުއްވާފަ އެވެ.

ނަމަވެސް މި މަޝްވަރާތައް މިހާރު ވަނީ އެންމެ މަތީ ލެވެލްގައި ހުއްޓުމަކަށް އައިސްފަ އެވެ. އެގޮތުން އިންޑިއާގައި މިފަހުން އޮތް ޖީ20 ސަމިޓުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާ ވަކިން ބައްދަލު ކުރެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. މިއީ ކެނެޑާއާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާކަން ދެއްކެވުމަށް މޯދީ ނިންމެވި ނިންމުމެއް ކަމަށް ގިނަ ފަރާތްތަކަކުން ދެކެ އެވެ.

އަދި މިފަހުން ކެނެޑާގައި ކުރިއަށް ދިޔަ ސިކުންގެ މުޒާހަރާތަކަށް ފާޑުވިދާޅުވުމަށް ޖީ20 ސަމިޓުގައި މޯދީ ވަނީ ޓްރޫޑޯ އެއްފަރާތް ކުރައްވާފަ އެވެ.

ސިކުންގެ ވަކި ގައުމެއް އިންޑިއާގައި ގާއިމުކުރުމަށް ދައުވާކުރަމުން އަންނަ ފަރާތްތަކުން ޖޫން މަހު ކެނެޑާގައި ކުރިއަށް ދިޔަ ޕެރޭޑާއި ފްލޯޓުބުރާ އެކު އިންޑިއާ ސަރުކާރު ރަތަށް އެރި އެވެ.

މޯދީ އާއި ޓްރޫޑޯގެ ކުރު ބައްދަލުވުމަށް ފަހު އިންޑިއާ ސަރުކާރުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ކެނެޑާގައި "ކުރިއަށް ދަމުން އަންނަ އިންޑިއާއާ ދެކޮޅު ހަރަކާތްތައް އެންމެ ހަރުކަށި އިބާރާތުން" އިންޑިއާ ސަރުކާރު ކުށްވެރިކުރާ ކަމަށް ވަނީ ބުނެފަ އެވެ.

އެގައުމުގައި ހުރި "ހައްދުފަހަނަ އަޅާފައިވާ" ފަރާތްތަކުން އިންޑިއާގެ ޑިޕްލޮމެޓުންނަށާއި ޑިޕްލޮމެޓިކް ތަންތަނަށާއި ކެނެޑާގައި ދިރިއުޅެމުން އަންނަ އިންޑިއާ ނަސްލުގެ މީހުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަމުން އަންނަ ކަމަށް" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް 2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ކަމާ މޯދީ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގައި ހިންދޫންނަށް އިސްކަންދީ އެހެން ނަސްލުތަކާއި ދީންތަކުގެ މީހުންނާ ދެކޮޅަށް އިންސާނީ ހައްގުތަކާ ހިލާފު ގިނަ އަމަލުތަކެއް ހިނގަމުން އަންނަ ކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ތުހުމަތު ކުރަމުން ނެވެ.

އިންޑިއާ ސަރުކާރުގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވާ ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ ކެނެޑާ ރައްޔިތުންނަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އަމާންކަމާ އެކު މުޒާހަރާތައް ހިންގުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި މަދު ބައެއްގެ އަމަލުތަކަކީ މުޅި ކެނެޑާގެ ވިސްނުމެއް ނޫން ކަމަށް ވެސް ޓްރޫޑޯ ފާހަގަކުރައްވާފައިވެ އެވެ.

ކެނެޑާ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭ (ވީޑިއޯ/ސީބީއެސް ނިއުސް)

ކެނެޑާ އާއި އިންޑިއާއިން ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް 2010 ވަނަ އަހަރުން ފެށިގެން އަންނަނީ ދޭތެރެ ދޭތެރެއިން ކުރެވެމުން ނެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް