ސަތޭކަ

ޝަފްގާގެ އާޓްފޮށިން ސަތޭކަ ކުލަ

ޕޮލިމާ ކްލޭ ބޭނުންކޮށްގެން ޝަފްގާ ތައްޔާރުކޮށްދެނީ ކަންފަތުލާ އެއްޗެއްސާއި ކީޗެއިންސް ފަދަ އާލާތްތަކެވެ. އަތްމުނިމުނިކަވައިގެން ގޮސް ފެށި މަސައްކަތް މިހާރު ވެފައި ވަނީ ދުވަހުގެ އެންމެ ބޮޑު އެއް ހިއްސާއަށެވެ.

ފާތުމަތު ޝަފްގާ މި މަސައްކަތް ފެށީ ގޭގައި އިނދެ ފޫހިވެގެންނެވެ. އޭނާ ސިފަކޮށްދިން ގޮތުން ނަމަ، އަތްމުނިމުނިކަވައިގެން އިންތާ މަޑުން ނީނދެވިގެންނެވެ. އޭރު ކިޔަވައި ނިމިގެން ކައިވެނިކޮށް ޝަފްގާއަށް ދަރިއަކު ލިބިއްޖެ އެވެ. އެއަށް ފަހު އޭނާގެ އުނގަށް އުފަންވީ މި 'އާޓްފޮށި' އެވެ.

"އެންމެ ފުރަތަމަ މި މަސައްކަތް ފެށީ އެކި މީޑިއަމްގެ އެކި ކަހަލަ އެއްޗެހި އުފެއްދުމަށް. އެހެންވެ އަސްލު އާޓްފޮށިއޭ ކީ ވެސް،" ޝަފްގާ ބުންޏެވެ.

ނަމަވެސް އޭނާގެ ހުނަރާއި ވަގުތު ގޮސް ހުސްވީ ޕޮލިމާ ކްލޭގެ ހިތްގައިމު ދުނިޔެއަކަށެވެ. ޕޮލިމާ ކްލޭ ބޭނުންކޮށްގެން ޝަފްގާ ތައްޔާރުކޮށްދެނީ ކަންފަތުލާ އެއްޗިއްސާއި ކީޗެއިންސް ފަދަ އާލާތްތަކެވެ. މި މަސައްކަތަށް މިހާރު ފަސް އަހަރު ވެފައިވާއިރު ޝަފްގާ ބުނަނީ މިއީ ހަމައެކަނި ހޮބީއެއް ނޫން ކަމަށެވެ. އެއަށް ވުރެ ބޮޑަށް ދުވަހުގެ ހުރިހާ ބުރައެއް ބޮލުން ފިލުވާލަދޭ އެންމެ މުހިންމު އެއް ފަރުވާއަށް 'އާޓްފޮށީ' ގެ މި މިމަސައްކަތް ބަދަލުވެފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް