މަލްޝާގެ ހަސްކާ: ހުރިހާ ތުހުމަތަކަށް ވެސް ގަނާނުކުރާ ޖަވާބުތަކެއް
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފު ހޫނު ފެނަށް ވެއްޓުނީ އެއް ފަހަރު، ދެ ފަހަރަކު ނޫނެވެ. ސަރުކާރުގެ ޒިންމާދާރު މަގާމަކާ ހަމައަށް އައުމާ ހަމައަށް ވެސް އޭނާ އުޅުއްވީ ހޫނުފެނާ ރައްޓެހި ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ. އަދި މިވަގުތު ވެސް އޭނާއަކީ ފާޑުކިޔާ މީހުންގެ އެންމެ ބޮޑު އަމާޒުފަތްގަނޑެވެ.
އެކަމަކު ކީއްވެގެން ހެއްޔެވެ؟ އަދި އެ ފާޑުކިޔުންތަކާ މެދުގައި މަލްޝާ ދެކެނީ ކޮން ގޮތަކަށް ހެއްޔެވެ؟ އެ ހުރިހާ ޓްވީޓްތަކެއް ކިޔަމުންގެންދާއިރު މަލްޝާގެ ހިތުން ބޮލަށް ފޮނުވަނީ ކޮން މެސެޖުތަކެއް ހެއްޔެވެ؟ އަދި އޭނާގެ ދެ އަތުން ޓައިޕު އެ ކުރެވެނީ ކޮން ކަހަލަ އިހުސާސްތަކެއް ހެއްޔެވެ؟
'ދައުރު'ން އަލަށް ފަށާ ވީޑިއޯ ސެގްމަންޓް، 'ހަސްކާ' ގެ ހާއްސަކަމަކީ މި އެވެ.
މިއީ ސޯޝަލް މީޑިއާގައި އެންމެން އެ ކުރާ ތުހުމަތުތަކާއި އެ ހުރިހާ ފާޑުކިޔުންތަކަށް މަލްޝާ ދިން ރައްދެވެ.
ކޮމެންޓް (3)
އައިޝާ
ހަސަނާ
ޚަސްކަަބަސް