ދެކޭ ގޮތް: ރިޔާސީ ބަހުސާ މެދު އާންމުންގެ ހިޔާލު

އެ ބަޔަކު ތާއީދުކުރާ ކެންޑިޑޭޓަކު ބަހުސުން 'މޮޅުވި' ކަމަށް ގަބޫލުކުރާއިރު، އެންމެންނަށް ވެސް ބަހުސް ޝައުގުވެރި
3 ސެޕްޓެމްބަރު 2023

ވާދަވެރި ކެންޑިޑޭޓުންތަކެއް އެއް ސްޓޭޖަކުން ފެންނަ ގޮތަށް ރިޔާސީ ބަހުސެއް ނުފެންނަތާ 10 އަހަރު ފަހުން ރޭ ބޭއްވި ބަހުސް ވަރަށް ފޯރިގަދަ އެވެ. ބަހުސް ކުރިއަށް ދިޔަ ވަގުތާއި އޭގެ ފަހުން ވެސް ސޯޝަލް މީޑިއާ އާއި އެ ނޫން ތަންތަނުގައި ވެސް ބަހުސްގެ ވާހަކަ ގިނަގިނައިން ދެކެވެ އެވެ.

މި ބަހުސާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި، ވަކިން ހާއްސަކޮށް އެކްސްގައި ގިނަ ބަޔަކު ހިޔާލު ފާޅުކުރަމުން އަންނައިރު، އެއީ ވޯޓުލާނެ ގޮތް ނިންމަން ލިބުނު ފުރުސަތެކެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުން އެއް ތަނަކުން، ގައުމުގެ މުހިންމު މައްސަލަތަކަށް އެ ބޭފުޅުން ހުށަހަޅުއްވާ ކަންކަން ވިދާޅުވެދެއްވި އެވެ.

ސޯޝަލް މީޑިޔާގެ ވާހަކަތަކުން އެއް ފަރާތްވެ، މާލޭގެ އެކި ސަރަހައްދުތަކުން އެކި މީހުން ބަހުސާ މެދު ދެކޭ ގޮތް ބަލާލުމަށް ނުކުތީ، ސޯޝަލް މީޑިއާގައި ވާހަކަ ތަކުގެ ހަގީގަތް ބަލާލުމަށެވެ. 'ދެކޭ ގޮތް' ސެގްމެންޓުގެ މި ވީޑިއޯ އިންޓަވިއުތައް ނެގުމަށް ހޭދަ ކުރި ގާތްގަޑަކަށް ތިން ގަޑިއިރުގެ ތެރޭގައި ދިމާވި އެންމެން ކަހަލަ ގޮތަކަށް ދިނީ އެކި ޖަވާބެވެ.

ބައެއް މީހުންނަށް، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވަރުގެ ކެންޑިޑޭޓަކު ނެތެވެ. އަނެއް ބަޔަކަށް ބަހުސް ކުރެއްވީ، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުންނަށް ޑރ. މުހައްމަދު މުއިއްޒު ވަރެއް ނެތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް