ސްޕޭސްއެކްސްގެ ސްޓާޝިޕް ރޮކެޓް އިއްޔެ ޖައްވަށް ފޮނުވާލަނީ: މިއީ މިހާތަނަަށް އުފެއްދި އެންމެ ބާރުގަދަ ރޮކެޓް
ރޮކެޓްގެ ބޫސްޓަރު ބައި އަމިއްލައަށް ތިރިވެ ލޯންޗު ބެޑްގައި ހަރުކޮށްލައިގެން ދުނިޔެ ހައިރާންކޮށްލައިފި
ޖައްވަށް ފޮނުވާ ރޮކެޓްތަކުގެ ބޫސްޓަރު ނުވަތަ އޭގެ އިންޖީނުތައް ހިމެނޭ ބައި ވެއްޓޭނީ މޫދަށެވެ. އަލުން ބޭނުންކުރަން އެ ނަގައިގެން ގެންދަނީ އެވެ.
ނަމަވެސް އިއްޔެ މުޅި ދުނިޔެ ހައިރާންކޮށްލީ އީލޮން މަސްކްގެ ސްޕޭސްއެކްސްގެ ރޮކެޓްގެ ބޫސްޓަރު ތިރިއަށް ވެއްޓުމުގެ ބަދަލުގައި އެނބުރި އައިސް ލޯންޗު ޕެޑްގައި ހަރުކޮށްލުމުންނެވެ. މިއީ މިފަދަ ކަމެއް ކުރި އަދި އާންމުކޮށް ފެނުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.
ރޮކެޓްގެ މަތީގައި ހަރުކޮށްފައި އޮތް ސްޓާޝިޕް ދުނިޔޭގެ އެޓްމޮސްފިއާގެ ބޭރުން ދޫކޮށްލުމަށް ފަހު ސުޕާ ހެވީ ބޫސްޓަރު ތިރިއަށް ވެއްޓި، ވަކި ހިސާބަކުން އޭގެ އިންޖޫނުތަކުން ކޮންޓްރޯލްކޮށް ލޯންޗު ޕެޑަށް ގެނައުމާ އެކު އޭތި ހިފަހައްޓަނީ ރޮކެޓް އުދުއްސާލާ ޓަވަރުގައި ހަރުކޮށްފައި ހުރި މެކޭނިކަލް ބޮޑު ދެ އަތުންނެވެ.
"މިއީ ތަރީހީ ފޮތްތަކަށް އޮތް ދުވަހެކެވެ،" އެ ކާމިޔާބަށް ފަހު ސްޕޭސްއެކްސްގެ އިންޖިނިއަރުން ބުންޏެވެ.
މިއީ ރޮކެޓްގެ އެބައި ލޯންޗު ޕެޑަށް އެނބުރި ގެންނަން ކުރި ފުރަތަމަ ޓެސްޓްކަމުން އެގޮތަށް އެކަން ކާމިޔާބުނުވެދާނެކަމަށް އޮތީ ބަލައިފަ އެވެ. ލޯންޗު ޕެޑަށް ނުގެނެވުނު ނަމަ ބޫސްޓަރު ވައްޓާލީހީ ގަލްފް އޮފް މެކްސިކޯ ކަނޑަށެވެ.
މި އޮކެޓަކީ ހަނދަށާއި މާސް ޕްލެނެޓަށް އިންސާނުންނާއި ތަކެތި ފޮނުވަން ބޭނުންކުރަން ތައްޔާރުކޮށްފައިވާ ސްޓާޝިޕް އުޅަނދު ޖައްވަން ބޭރުކޮށްލައިދޭ ވަރުގަދަ އިންޖީނެވެ. މިހާތަނަށް އުދުއްސާލި އެންމެ ބާރުގަދަ ރޮކެޓް ވެސް މެ އެވެ.
ރޮކެޓާ ގުޅާލާފައި އޮތް ސްޓާޝިޕް ރޮކެޓާ ވަކިވުމުން އޭގެ އަމިއްލަ އިންޖީނު ރޯކޮށްލައިގެން 45 މިނިޓް ވަންދެން ޖައްވުގައި ދުއްވި އެވެ.
ކާމިޔާބުކަމާ އެކު އޭތި ތިރިއަށް ވެއްޓުނީ އިންޑިއާ ކަނޑަށެވެ.
"އަމާޒުކޮށްފައި އޮތް ތަނަށް ޝިޕް ޖައްސައިފި އެވެ. ދަތުރުގެ ދެ ވަނަ މަގުސަދު ވެސް ހާސިލްވީ އެވެ،" އެކްސްގައި ލިއުއްވަމުން މަސްކް ވިދާޅުވި އެވެ.
ސްޓާޝިޕަކީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން 2.8 ބިލިއަން ޑޮލަރު (43 ބިލިއަން ރުފިޔާ) ދީގެން ސްޕޭސްއެކްސްއިން ތަރައްގީކުރާ އުޅަނދެކެވެ. ނާސާއިން 2026ގައި ހަނދަށް އަލުން އިންސާނުން ފޮނުވަން ބޭނުންކުރާނީ އެ އުޅަނދެވެ. އެހެންކަމުން ސްޕޭސްއެކްސްގެ ކާމިޔާބު އުދުއްސާލުމަކީ ނާސާއަށް ވެސް އޮތް ހިތްހަމަޖެހުމެކެވެ.
ކޮމެންޓް (1)
ހުސޭނު