ސްޕޮޓިފައި.

ސްޕޮޓިފައި އިން އެމެރިކާ މާކެޓަށް އިސްތިރާކު އަގުތައް ބޮޑުކުރަނީ

މިއީ އަހަރެއް ތެރޭ ސްޕޮޓިފައި އިން އަގުތައް ބޮޑު ކުރާ ދެވަނަ ފަހަރު

އެެމެރިކާގެ މާކެޓަށް ޕްރިމިއަމް އިސްތިރާކު އަގުތައް ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް އިއްޔެ ސްޕޮޓިފައި އިން އިއުލާނުކޮށްފި އެވެ. 

މިއީ އަހަރެއް ތެރޭ ސްޕޮޓިފައި އިން އަގުތަށް ބޮޑު ކުރާ ދެވަނަ ފަހަރެވެ.

އަގުތަކަށް އަންނަ ބަދަލު ކުރިއަށް އޮތް މަަސް ދުވަސް ތެރޭ ސްޕޮޓިފައި އިން އެމެރިކާގެ ކަސްޓަމަރުންނަށް އެންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ބަދަލާ އެކު އިއްޔެ ސްޕޮޓިފައިގެ ހިއްސާގެ އަގު %4 މައްޗަށް ޖެހިލި އެވެ.

ސްޕޮޓިފައި އިން އެމެރިކާގެ ކަސްޓަމަރުން ކަނޑައެޅި އާ އަގުތަކަކީ؛ އިންޑިވިޖުއަލް ޕްލޭން މަހަކު 11.99 ޑޮލަރު، ޑުއޯ ޕްލޭން 16.99 ޑޮލަރު، ފެމިލީ ޕްލޭން 19.99 ޑޮލަރު އަދި ސްޓުޑަންޓް ޕްލޭން 5.99 ޑޮލަރެވެ. 

އަގުތައް މަތި ކުރަނީ މިހާރު ދެމުން އަންނަ ހިދުމަތްތަކަށް އާ ފީޗާސްތަކެއް ގެންނަށް އިންވެސްޓު ކުރުމަށް ކަމަށް ސްޕޮޓިފައި ކުންފުނީގެ ބްލޮގުގައި ބުނެފައިވެ އެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ވެސް އަގުތައް ބޮޑުކޮށްފަ އެވެ.

ސްޕޮޓިފައި އިން އެމެރިކާ މާކެޓުގައި އަގުތަށް މަތި ކުރުމާ ގުޅޭ (ވީޑިއޯ/ސީއެންބީސީ ޓެލެވިޝަން)

ސްޕޮޓިފައިއާ ވާދަކުރަމުން އަންނަ އެޕަލް މިއުޒިކް އިން ވެސް ވަނީ 2022ގެ ފަހުކޮޅު އަގުތަށް ބޮޑުކޮށްފަ އެވެ. އެޕަލްގެ އިންޑިވިޑުއަލް ޕްލޭނެއްގެ އަގު މިވަގުތު ހުރީ މަހަކު 10.99 ޑޮލަރަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް