ވަޒީފާތައް މަދުކުރުމާ ގުޅިގެން، ސްޕައިޑަމޭން-2 އުފެއްދި އިންސޮމްނިއެކް ގޭމްސް ސްޓޫޑިއޯއަށް ވެސް އަސަރު ކުރާނެ.

ގޭމިން

ސޮނީގެ ޕްލޭސްޓޭޝަން ޑިވިޝަނުން 900 މުވައްޒަފުން ވަކިކުރަނީ

މިއީ ހިންގުން ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ސޮނީއިން ބުނޭ
28 ފެބްރުއަރީ 2024

ޕްލޭސްޓޭޝަން ޑިވިޝަންގައި މަސައްކަތް ކުރާ %8 މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ނިންމާފައިވާކަން ޖަޕާނުގެ ސޮނީ ކުންފުނިން އިއުލާނު ކޮށްފި އެވެ. 

ޕްލޭސްޓޭޝަންގެ މުވައްޒަފުންގެ %8 އަކީ ގާތްގަނޑަކަށް 900 އެއްހާ މުވައްޒަފުންނެވެ.

މުވައްޒަފުން މަދުކުރުމުގެ އިތުުރުން، ލަންޑަންގައި ހުންނަ ޕްލޭސްޓޭޝަންގެ ސްޓޫޑިއޯ އޮފީސް ބަންދުކުރަން ވެސް ނިންމާފައިވާ ކަމަށް ސޮނީ އިން ބުންޏެވެ. 

މުވައްޒަފުންނަށް މި ހަބަރު ދިނުމަށް ފޮނުވި އީމެއިލް އާއްމުކުރަމުން ޕްލޭސްޓޭޝަންގެ ވެރިޔާ ޖިމް ރަޔަން ވިދާޅުވީ މިއީ "ހިތާމަވެރި ހަބަރެއް" ކަމަށާއި، ކުންފުންޏަށް "އުނދަގޫ ދުވަހެއް" ކަމަށެވެ.

"އުނދަގޫ ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާ ކަމަށް އަހަރެމެން ނިންމައިފިން،" އޭނާ ވިދާޅުވި އެވެ.

"އޮޕަރޭޝަންތައް ހަރުދަނާކުރަން ޖެހޭ ކަމުގެ އުނދަގޫ ނިންމުން ލީޑަޝިޕް ޓީމާއި އަހަރެން ނިންމީ އެކުގައި. ހިތާމައަކީ މި ނިންމުމާ އެކު މުވައްޒަފުން ދޫކޮށްލަން ޖެހޭކަން. މީގެ ސަބަބުން ވަރަށް ހުނަރުވެރި އަދި އަހަރެމެންގެ ކާމިޔާބީއާ ގުޅިފައިވާ މުވައްޒަފުންތަކަކަށް އަސަރު ކުރާނެ."

ސޮނީގެ ޕްލޭސްޓޭޝަން ބައިން މުވައްޒަފުން މަދުކުރަން ނިންމާފައި މިވަނީ ވާދަވެރި މައިކްރޮސޮފްޓްގެ ގޭމިން ޑިވިޝަނުން 1،900 މުވައްޒަފުން ވަކިކުރާކަން ހާމަކުރިތާ މަަސް ދުވަސް ވަރު ފަހުންނެވެ.

ސޮނީ ޕްލޭސްޓޭޝަން 5ގެ 50 މިލިއަން ޔުނިޓް މިހާތަނަށް ވިކިފައި ވާއިރު، ވާދަވެރި މައިކްރޮސޮފްޓްގެ އެކްސްބޮކްސް ސީރީސް އެކްސް އެސް ވިކިފައި ވަނީ މިއަށް ވުރެ ދެބައިކުޅަ އެއްބައި މަދުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް