ވާދަވެރިކަން ބޮޑުވެ ޕޭޕަލް އިން 2،500 ވަޒީފާ މަދުކުރަން ނިންމައިފި

ޓެކްނޮލޮޖީ ސިނާއަތުގައި އޮޕަރޭޓު ކުރާ ގިނަ ކުންފުނިތަކުން އަންނަނީ ބޮޑެތި އަދަދުތަކުން މުވައްޒަފުން މަދުކުރަމުން

ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރިތާ އަހަރެއްގެ ތެރޭގައި އަނެއްކާވެސް 2،500 މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް ޕޭޕަލް އިން އިއުލާނުކޮށްފި އެވެ.

ޗީފް އެގްޒެކްޓިވް އެލެކްސް ކްރިސް ވިދާޅުވީ ޕޭޕަލްގައި މަސައްކަތް ކުރާ ޖުމްލަ މުވައްޒަފުންގެ %9 ވަކިކުރަން ނިންމީ "ހުޅުވާލެވިފައިވާ ރޯލުތަކުގެ މުވައްޒަފުންނާއި ސީދާ ރޯލުތަކުގެ މުވައްޒަފުން މަދުކޮށް" ކުންފުނި "ރަނގަޅު ސައިޒަކަށް" ގެންނަން ކަމަށެވެ.

މި ފިޔަވަޅުގެ ސަބަބުން އަސަރުކުރާ މުވައްޒަފުންނަށް މި ހަފްތާ ނިމެންވާ އިރަށް އެކަން އަންގާނެ ކަމަށް ޑިޖިޓަލް ޕޭމަންސްޓްސްއަށް މަޝްހޫރު ޕޭޕަލްއިން ބުންޏެވެ.

ޑިޖިޓަލްސް ޕޭމަންޓްސް ސިނާއަތުގައި އެޕަލް، ޒެލް އަދި ބްލޮކް ފަދަ ކުންފުނިތަކުން އަންނަނީ ޕޭޕަލްއާ އޮތް ވާދަވެރިކަން ވަރުގަދަކުރަމުންނެވެ.

ޕޭޕަލްގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ޗީފް އެގްޒެކެޓިވްގެ މަގާމަށް ކްރިސް ގެނެސްފައި ވަނީ މިދިޔަ އަހަރު އެވެ. 

ފާއިތުވި އަހަރުގެ ތެރޭ %20 ދަށަށް ގޮސްފައިވާ ކުންފުނީގެ ހިއްސާގެ އަގު އޭނާ ގެނައުމާ އެކު ރަނގަޅު ކުރެވޭނެ ކަމަށް އިންވެސްޓަރުން އުއްމީދުކުރި އެވެ.

ކްރިސް މަގާމާ ހަވާލުވެވަޑައިގެން ފަހުން ޕޭޕަލް އިން ހުސްވި ނޮވެމްބަރު މަހު ރިޕޯޓު ކުރި ފުރަތަމަ މާލީ ހިސާބުތައް އިންވެސްޓަރުންގެ އަންދާޒާތަކަށް ވުރެ ރަނގަޅެވެ.

މިދިޔަ ހަފްތާގައި ޕޭޕަލް އިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް ހިމަނާފައިވާ އާ  ހިދުމަތްތަކެއް ލޯންޗުކޮށްފަ އެވެ. މީގެ ތެރޭގައި އެންމެ ކްލިކަކުން ޗެކްއައުޓް ކުރެވޭ ފީޗާއެއް ވެސް ހިމެނެ އެވެ.

ވާދަވެރިކަން ބޮޑުވެ ޕޭޕަލް އިން 2،500 ވަޒީފާ މަދުކުރުމާ ގުޅޭ (ވީޑިއޯ/ކްރޮން4)

ޓެކްނޮލޮޖީ ސިނާއަތުގައި އޮޕަރޭޓު ކުރާ ގިނަ ކުންފުނިތަކުން މިފަހުން އަންނަނީ ބޮޑެތި އަދަދުތަކުން މުވައްޒަފުން މަދުކުރަމުންނެވެ.

މިދިޔަ މަހު އެކަނި ވެސް މެޓަ، އެމެޒޯން، މައިކްރޮސޮފްޓް، ގޫގުލް، ޓިކްޓޮކް އަދި ސޭލްސްފޯސް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 100 އެއްހާ ޓެކްނޮލޮޖީ ކުންފުނިތަކުން ވަނީ 25،000 ވަޒީފާ މަދުކުރަން ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް