މައިކްރޮސޮފްޓް އިން ގަތް އެކްޓިވިޝަން ބްލިޒަޑް ކުންފުނީގެ ގޭމެއް ކަމުގައިވާ 'ވޯލްޑް އޮފް ވޯކްރާފްޓް.'

ގޭމިން

މައިކްރޮސޮފްޓްގެ ވީޑިއޯ ގޭމް ޑިވިޝަނުން 1،900 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ވީޑިއޯ ގޭމް އިންޑަސްޓްރީ އިން ގެންދަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ގިނަ އަދަދަކަށް މުވައްޒަފުން މަދު ކުރަމުން

ގޭމިންގް ޑިވިޝަން އިން 1،900 މުވައްޒަފުން މަދުކުރުމަށް މައިކްރޮސޮފްޓް އިން ނިންމައިފި އެވެ. 

މައިކްރޮސޮފްޓުގެ ނިންމުން އައިސްފައި މިވަނީ އެ ކުންފުނިން 69 ބިލިއަން ޑޮލަރަށް، ގޭމު އުފައްދާ އެކްޓިވިޝަން ބްލިޒަޑް ކުންފުނި ގަތްތާ މަދު މަސްތަކެއް ތެރޭގަ އެވެ.

މައިކްރޮސޮފްޓްގެ އެކްސް ބޮކްސް ޑިވިޝަންގެ ވެރިޔާ ފިލް ސްޕެންސާ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވިދާޅުވީ އެ ޑިވިޝަނުގައި މަސައްކަތް ކުރާ 22،000 މުވައްޒަފުންގެ ތެރެއިން 1،900 މުވައްޒަފުން މަދުކުރުމަށް ނިންމާފައިވާ ކަމަށާއި މިއީ "އުނދަގޫ ނިންމުމެއް" ކަމަށެވެ.

މައިކްރޮސޮފްޓް އިން ގޭމިންގް ޑިވިޝަންގެ 1،900 މުވައްޒަފުން މަދުކުރުމާ ގުޅޭ (ވީޑިއޯ/ވިއޯން)

ވީޑިއޯ ގޭމް އިންޑަސްޓްރީ އިން ގެންދަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ގިނަ އަދަދަކަށް މުވައްޒަފުން މަދު ކުރަމުންނެވެ.

 'ލީފް އޮފް ލެޖެންޑްސް' ގޭމް އުފައްދާ ރަޔޮޓް ގޭމްސް އިން ވަނީ މި ހުސްވި ހަފްތާގައި ކުންފުނީގެ %11 މުވައްޒަފުން މަދުކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

އަދި ގޭމް އިންޖީން އުފައްދާ ޔުނިޓީ އިން 1،800 މުވައްޒަފުން އަދި އެމެޒޯން އިން ހިންގަމުން އަންނަ ޓްވިޗް ޕްލެޓްފޯމް އިން 500 މުވައްޒަފުން މަދު ކުރުމަށް މިފަހުން ނިންމާފައިވެ އެވެ.

ބައެއް މާހިރުން އަންދާޒާ ކުރައްވާ ގޮތުގައި މުޅި މިދިޔަ އަހަރު ގޭމިން ސިނާއަތުން ވަކި ކުރި މުވައްޒަފުންގެ އަދަދު 10،000 އަށް ވުރެ އިތުރެވެ. އަދި ހަގީގީ އަދަދު މިއަށް ވުރެ ވެސް މަތިވާނެ ކަމަށް ވަނީ ގަބޫލު ކުރެވިފަ އެވެ.

މާހިރުން ގަބޫލުކުރައްވާ ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ގޭމިން ސިނާއަތް ކުރިއަށް ޖެހިލުމަށް ފަހު ދިރިއުޅުމުގެ ހަރަދުތައް މިހާރު ބޮޑުވުމާ އެކު، ގޭމިންއަށް އޮތް ޑިމާންޑު ވަނީ ދަށްވާން ފަށާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް