އެެމެރިކާ ސަރުކާރާއި މަޖިލީހުުގެ ހުރިހާ ފަރާތަކުން ދަނީ ޓިކްޓޮކްއާ މެދު ކަންބޮޑުވުން ފާޅުކުރަމުން

ނިއު ޔޯކު ސިޓީ ސަރުކާރުގެ އާލާތްތަކުގައި ޓިކްޓޮކް މަނާކޮށްފި

އެމެރިކާގެ ގިނަ ސިޓީތަކާއި ސްޓޭޓުތަކަކުން އަންނަނީ ޓިކްޓޮކް މަނާކުރަމުން

https://www.cnbc.com/2023/08/17/tiktok-banned-on-government-devices-in-nyc.html

އެމެރިކާގެ ނިއު ޔޯކް ސިޓީ ސަރުކާރުގެ ޓެކްނޮލޮޖީ އާލާތްތަކަށް ޓިކްޓޮކް އަޅާ އެ އެޕްލިކޭޝަން ބޭނުންކުރުން މަނާކޮށްފި އެވެ. 

މިފިޔަވަޅު އަޅާފައި ވަނީ ސެކިއުރިޓީ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް ނިއު ޔޯކް ސިޓީގެ ސަރުކާރުން ވަނީ ބުނެފަ އެވެ. 

ކުރު ވީޑީއޯތައް ހިއްސާ ކޮށްލެވޭ ޓިކްޓޮކް އެޕްލިކޭޝަނާ މެދު ކަންބޮޑުވުންތައް ބޮޑުވެ، އެމެރިކާގެ ގިނަ ސިޓީތަކަކާއި ސްޓޭޓުތަކަކުން އަންނަނީ ސަރުކާރުގެ އާލާތްތަކުގައި އެ އެޕްލިކޭޝަން ބޭނުންކުރުން މަނާކުރަމުން ނެވެ.

ގާތްގަނޑަކަށް 150 މިލިއަނަށް ވުރެ ގިނަ އެމެރިކާ ރައްޔިތުން ބޭނުންކުރަމުން އަންނަ ޓިކްޓޮކްގެ ވެރި ކުންފުންޏަކީ ޗައިނާގެ ބައިޓްޑާންސް އެވެ. އަދި މި ސަބަބާ ހުރެ ޗައިނާ ސަރުކާރުގެ ނުފޫޒަށް ބައިޓްޑާންސް އިން ކަސްޓަމަރުންގެ މައުލޫމާތުތައް ބެއިޖިންގް އާ ހިއްސާކޮށްފާނެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް މުޅި އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ވޮޝިންޓަނުގެ ގިނަ ސިޔާސީ ވެރިންތަކެއް އަންނަނީ ގޮވާޅަމުން ނެވެ.

ޓިކްޓޮކްގެ ސަބަބުން "ސިޓީގެ ޓެކްނިކަލް ނެޓްވޯކުތަކަށް ސެކިއުރިޓީ ކަންބޮޑުވުންތަކެއް ކުރިމަތި ކުރުވާ" ނިއު ޔޯކު ސިޓީގެ މޭޔަރު އެރިކް އެޑަމްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

މި ގަވާއިދާ އެކު ނިއު ޔޯކް ސިޓީގެ އެޖެންސީތަކުން 30 ދުވަހުގެ ތެރޭ ޓިކްޓޮކް ފޮހެލަން ޖެހޭނެ އެވެ. އަދި ސަރުކާރު އާލާތްތަކާއި ނެޓްވޯކުތަކުގައި މުވައްޒަފުންނަށް އަމިއްލަ ފޯނުތަކުގައި ވެސް ޓިކްޓޮކް ބޭނުމެއް ނުކުރެވޭނެ އެވެ.

އެެމެރިކާގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން، ތަކުރާރުކޮށް ޓިކްޓޮކް އިން ބުނަމުން އަންނަނީ އެމެރިކާގެ މައުލޫމާތުތައް ޗައިނާ ސަރުކާރާ ހިއްސާ ނުކުރާނެ ކަމަށް ބުނަމުން ނެވެ. އަދި ޓިކްޓޮކް ކަސްޓަމަރުންގެ ޕްރައިވެސީ އާއި ސެކިއުރިޓީ ރައްކާތެރި ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ނިއު ޔޯކް ސިޓީ ސަރުކާރުން ޓިކްޓޮކް އަށް ފިޔަވަޅުތައް އެޅުމާ ގުޅޭ (ވީޑިއޯ/އެންބީސީ ނިއުސް)

ޓިކްޓޮކްގެ ސަބަބުން ބިރުތަކެއް ކުރިމަތިކުރުވާ ކަމަށް ވިދާޅުވެފަައިވާ ސަރުކާރުގެ އިސް ފަރާތްތަކުގެ ތެރޭގައި އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ވްރޭ އާއި ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް ހިމެނެ އެވެ.  

އެމެރިކާގެ މޮންޓާނާ ސްޓޭޓުން ވަނީ މުޅި ސްޓޭޓުގައި ޓިކްޓޮކް މަނާކުރުމަށް ގާނޫނެއް ވެސް މިފަހުން ފާސްކޮށްފަ އެވެ. އަންނަ އަހަރުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވާއިރު މި ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ވަނީ ވައްދާފަ އެވެ.

މިފަހުން ރޮއިޓާސް އާއި އިޕްސޯސް އިން ނެގި ހިޔާލު ހޯދުމުގެ ވޯޓެއްގެ ނަތީޖާ ދައްކާގޮތުން އެމެރިކާ އާންމުންގެ ދެބައި ކުޅަ އެއްބައި ޓިކްޓޮކް މަނާކުރުމަށް ވަނީ ތާއީދުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް