ރޭ ޓޮޓެންހަމް ކޮޅަށް ޕެނެލްޓީ ޖެހުމަށް ފަހު ކޯލް ޕާމާ (ވ): އޭނާގެ ދެ ޕެނެލްޓީން ޗެލްސީ މޮޅުވީ 3-2 އިން
ޗެލްސީ ދެވަނައަށް އަަަރައިފި، އެކަމަކު ކޯޗު ބުނީ ލީގު ތަށްޓާ މެދު އަދި ނުވިސްނާ ކަމަށް
ރޭ ޓޮޓެންހަމް ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރާ 3-2އިން މޮޅުވެ ޗެލްސީ، ޕްރިމިއަ ލީގުގެ ދެވަނައަށް އަރައިފި އެވެ. އެކަމަކު ކޯޗު އެންޒޯ މަރެސްކޯ ބުނީ ލީގުގެ ޗެމްޕިއަންކަމާ މެދު އޭނާ އަދި ނުވިސްނާ ކަމަށެވެ.
ޗެލްސީއަށް މި މުހިންމު މޮޅު ހޯދައިދިނުމުގައި ކޯލް ޕާމާ ކާމިޔާބުކޮށްދިން ދެ ޕެނެލްޓީ މުހިންމު ދައުރެއް އަދާކުރި އެވެ.
"އަހަރެން ހީކުރި ވަރަށް ވުރެ މާ ކުރީގައި ޓީމު އުޅެނީ،" މެޗަށް ފަހު ވާހަކަ ދައްކަމުން މަރެސްކޯ ބުންޏެވެ.
އެކަމަކު އޭނާ ބުނީ ޗެމްޕިއަންކަން ހޯދޭ ވަރަށް ޗެލްސީ އަދި ތައްޔާރު ނޫން ކަމަށެވެ.
"އާސެނަލް، މެންޗެސްޓަ ސިޓީ އަދި ލިވަޕޫލް ހިއެއްނުވޭ ވެއްޓޭނެހެންނެއް،" އޭނާ ބުންޏެވެ.
"ސީރިއަސްކޮށް އެއްޗެއް ބުނާ ނަމަ ބުނެވޭނީ އަހަރެމެން އަދި ތައްޔާރެއް ނޫނޭ. އެ ޓީމުތަކަށް ވުރެ އަހަރެމެން އަދި އުޅެނީ މާ ފަހަތުގައި. އެކަމަކު އަހަރެމެން ފޯކަސްކުރަމުން މި އަންނަނީ ކަންކަން ރަނގަޅުކުރަން."
ރޭ އާސެނަލް ވަނީ ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުނުވެ ދެ ޕޮއިންޓް ނަގާލައިފަ އެވެ. މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މި ހަފުތާގައި ލިވަޕޫލް ކުޅެން އޮތް މެޗު ވިއްސާރައިގެ ސަބަބުން މިހާރު އޮތީ ފަސްކޮށްފަ އެވެ. އެހެންކަމުން ލިވަޕޫލް ކުރީގައި އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ.
ޕްރިމިއަ ލީގުގެ ގަދަ ފަހެއް
-
1-
ލިވަޕޫލް، ކުޅުނު 14، ޕޮއިންޓް 35
-
2-
ޗެލްސީ، ކުޅުނު 15، ޕޮއިންޓް 31
-
3-
އާސެނަލް، ކުޅުނު 15، ޕޮއިންޓް 29
-
4-
މެންޗެސްޓަ ސިޓީ، ކުޅުނު 15، ޕޮއިންޓް 27
-
5-
ނޮޓިންހަމް ފޮރެސްޓް، ކުޅުނު 15، ޕޮއިންޓް 25
ކޮމެންޓް