ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު ލަނޑެއް ޖަހަނީ: ރޭ ބްރައިޓަން އަތުން މޮޅުކޮށްދޭން ވެސް މުހިންމު ރޯލެއް އަދާކުރި

ލިވަޕޫލް މޮޅުވުން ހުއްޓުވައެއް ނުލެވުނު، ދެ ޕޮއިންޓްގެ ލީޑެއްގައި

ޗެމްޕިއަން މެންޗެސްޓަ ސިޓީ އަމިއްލަ ދަނޑުގައި ބަލިވުމުގެ އިތުރުން އާސެނަލް ވެސް ވަނީ ރަށުން ބޭރުގައި ބަލިވެފައި
3 ނޮވެމްބަރު 2024

ބްރައިޓަން މޮޅުވެ ލިވަޕޫލްގެ ދެވަނަ ބައްޔާ ކުރިމަތިވަނީކަމަށް ހީކުރި މީހުން ދެވަނަ ފަހަރަށް ވިސްނާލަން ޖެހޭނެ އެވެ؛ ފަހު 20 މިނިޓްގެ ތެރޭގައި ދެ ލަނޑު ޖަހައި 2-1އިން މޮޅުވެ، ލިވަޕޫލް އެ ވަނީ ޕްރިމިއަ ލީގުގެ ތާވަލްގެ އެއްވަނާގައި ރަނގަޅަށް ފައި ވިއްދައިފަ އެވެ.

ލިވަޕޫލްއަށް މި މޮޅު ގެެނެސްދިނީ ކޮޑީ ގެކްޕޯ އާއި މުހައްމަދު ސަލާހެވެ. މިސްރުގެ ފޯވަޑް ސަލާހުގެ މުހިންމުކަން ކޮންމެ މެޗެއްގައިހެން މިދަނީ ފެންނަމުންނެވެ.

ތާވަލްގެ އެއްވަނައަށް ވާދަކުރަމުން އަންނަ އެންމެ ފަހު ހަތަރު އަހަރުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ ވަނީ ރަށުން ބޭރުގައި ބޯންމައުތު އަތުނ ް2-1 އިން ބަލިވެފަ އެވެ.

ނިއުކާސަލްގެ ދަނޑުގައި އާސެނަލް ބަލިވީ 1-0އިންނެވެ.

މި ނަތީޖާތަކާ އެކު ލިވަޕޫލް ތާވަލްގެ ކުރީގައި އޮތީ ސިޓީއަށް ވުރެ ދެ ޕޮއިންޓް ތަފާތަކުންނެވެ. އާސެނަލް ވަނީ ލިވަޕޫލަށް ވުރެ ހަތް ޕޮއިންޓް ފަހަތަށް ވެއްޓިފަ އެވެ. އެހެންކަމުން މިދިއަ ދެ ސީޒަންގެ ދެވަނަ ޓީމަށް ކުރިއަށް އޮތީ އުނދަގޫ ދުވަސްކޮޅެކެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    ލިވަޕޫލް، ކުޅުނު 10، ޕޮއިންޓް 25

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 10، ޕޮއިންޓް 23

  • 3-

    ނޮޓިންހަމް ފޮރެސްޓް، ކުޅުނު 10، ޕޮއިންޓް 19

  • 4-

    އާސެނަލް، ކުޅުނު 10، ޕޮއިންޓް 18

  • 5-

    އެސްޓަން ވިލާ، ކުޅުނު 9، ޕޮއިންޓް 18

އިތުރު އާޓިކަލް

އިތުރު އާޓިކަލް