ރާއްޖޭގެ ޓީމުގެ ބައެއް ކުޅުންތެރިން ޗައިނާއަށް ފުރުމުގެ ކުރިން މާލޭގައި: ދެން ބައްދަލުކުރާނީ ސައުތު ކޮރެޔާއާ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

ބަހުރެއިން އަތުން ރާއްޖެ ބަލިވީ ފަހު ވަގުތު

މިއީ މެދުއިރުމަތީގެ ގައުމަކާ ދެކޮޅަށް އުމުރު ފުރައިގެ ޓީމަކުން ނެރުނު ރަނގަޅު ނަތީޖާއެއް ކަމަށް ބެލެވޭ
21 އޮކްޓޯބަރު 2024

ޗައިނާގެ ދާލިއާންގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި މިއަދު ރާއްޖެއިން އަރަބި ގައުމެއް ކަމަށްވާ ބަހުރެއިން އަތުން ފަހު ވަގުތު ބަލިވެއްޖެ އެވެ.

މެޗުގެ 83 ވަނަ މިނިޓްގައި ބަހުރެއިންގެ މިޑްފީލްޑް ކުޅުންތެރިޔާ އިބްރާހިމް އަހުމަދު އަޔާޝް ޖެހި ލަނޑުން ރާއްޖެ ބަލިވިޔަސް މިއީ އަރަބި ގައުމަކާ ދެކޮޅަށް އުމުރު ފުރާގައި ހޯދުނު ރަނގަޅު ނަތީޖާއެއް ކަމަށް ބެލެވެ އެވެ.

ރާއްޖެއިން ވަނީ ފުރަތަމަ މެޗުގައި ސައުތު އޭޝިއާގެ ގައުމެއް ކަމަށްވާ ބޫޓާންއާ ކުޅެ 2-2 އިން އެއްވަރުވެފަ އެވެ.

ރާއްޖެއަށް ދެން އޮތީ އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ސައުތު ކޮރެޔާ އާއި ޗައިނާގެ މެޗެވެ. އެ ދެ މެޗު އޮންނާނީ:

  • 23 އޮކްޓޯބަރު: ސައުތު ކޮރެޔާ

  • 25 އޮކްޓޯބަރު: ޗައިނާ

މިއީ އަންނަ އަހަރު ސައުދީ އަރަބިއްޔާގައި އޮންނަ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގެ ގްރޫޕް ސީގެ މެޗުތަކެވެ. ގްރޫޕްގެ އެއްވަނަ ޓީމު ސީދާ ކޮލިފައިވާނެ އެވެ. ދެވަނަ ޓީމަށް ފުރުސަތު އޮންނާނީ ހުރިހާ ގްރޫޕެއް އެއްކޮށްލައިގެން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ފަސް ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް