ޗެލްސީ ބަލިކުރި މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު ސަޕޯޓަރުންނަށް ހިތްވަރުދެނީ

ލިވަޕޫލް

ލިވަޕޫލް އެއް ވަނާގައި ހިފެހެއްޓުން ކުރިއަށް

ރޭ ޗެލްސީ ބަލިކޮށް ލިވަޕޫލުން މަގާމު ދެމެހެއްޓި އިރު ސިޓީ ވަނީ އުނދަގޫ މެޗަކުން މޮޅުވެ ދެ ވަނާގައި ވިއްދާފައި
21 އޮކްޓޯބަރު 2024

މުހައްމަދު ސަލާހު ލަނޑެއް ޖަހައި އަދި މޮޅުކޮށްދިން ލަނޑަށް އެހީތެރިވި ބޯޅަ ފޯރުކޮށްދިން މެޗަކަށް ފަހު 2-1 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން ޕްރިމިއަ ލީގުގެ ތާވަލްގެ އެއްވަނާގައި ހަރުކުރި ފައިތިލަ ކައްސާލިޔަނުދީ ހިފަހައްޓައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެލެންޓީ ކާމިޔާބުކޮށް ސަލާހު ލީޑު ނަގައިދިނީ 29 ވަނަ މިނިޓްގަ އެވެ. ނަމަވެސް ފަހު ހާފު ހަމަ ފެށުނުތަނާ ޗެލްސީގެ ނިކޮލަސް ޖެކްސަން އެއްވަރުކޮށްދިނެވެ.

ލިވަޕޫލަށް މޮޅުވެވުނު ލަނޑު 51 ވަނަ މިނިޓްގައި އައީ ސަލާހުގެ ޕާހަކުން ކާޓިސް ޖޯނެސްގެ ފަރާތުންނެވެ.

މި މެޗުގެ ކުރިން ޗެމްޕިއަން މެންޗެސްޓަ ސިޓީ ވަނީ ވުލްވްސް ދަނޑުގައި 1-1 އިން އެއްވަރުވާން ދަނިކޮށް ފަހު ސިކުންތުކޮޅުގައި 2-1 އިން ކާމިޔާބުކޮށްފަ އެވެ.

މި ދެ މެޗުގެ ނަތީޖާއާ އެކު ލިވަޕޫލް އެއްވަނާގައި އޮތީ 21 ޕޮއިންޓް ލިބިގެންނެވެ. ސިޓީއަށް 20 ޕޮއިންޓެވެ.

އަންނަ ހަފުތާގައި ލިވަޕޫލް ދަތުރުކުރާނީ އާސެނަލްއާ ކުޅެން ލަންޑަނަށެވެ. މިއީ ތާވަލްގެ ކުރީގައި އޮތް ތަފާތު ބޮޑުކުރަން ލިވަޕޫލަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އަނެއްކޮޅުން 17 ޕޮއިންޓްގައި އޮތް އާސެނަލްއަށް އެއީ ލިވަޕޫލަށް ވުރެ މާ ބޮޑަށް ފަހަތަށް ނުދާނެކަން ސާބިތުކޮށްދޭން އޮތް ވާދައެކެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    ލިވަޕޫލް، ކުޅުނު 8، ޕޮއިންޓް 21

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 8، ޕޮއިންޓް 20

  • 3-

    އާސެނަލް، ކުޅުނު 8، ޕޮއިންޓް 17

  • 4-

    އެސްޓަން ވިލާ، ކުޅުނު 8، ޕޮއިންޓް 17

  • 5-

    ބްރައިޓަން، ކުޅުނު 8، ޕޮއިންޓް 15

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް