މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ވާދަވެރިން ބޭނުންވަނީ މެންޗެސްޓަ ސިޓީގެ ނަން ދުނިޔެއިން ވެސް ފޮހެލަން: ގާޑިއޯލާ
ވާދަވެރި އެހެން ކްލަބްތަކުން ބޭނުންވަނީ މެންޗެސްޓަ ސިޓީގެ ނަން ދުނިޔެއިން ފޮހެލަން ކަމަށް، އެ ކްލަބްގެ ކޯޗު ޕެޕް ގާޑިއޯލާ އިއްޔެ ބުނެފި އެވެ.
އޭނާގެ މި ހިތްހަމަޖެހުން އައީ ޕްރިމިއަ ލީގުގެ މާލީ އުސޫލުތަކާ ސިޓީން ހިލާފުވެފައިވާ ކަަމަށް ތުހުމަތުކުރެވޭ 115 މައްސަލައިގެ އަޑުއެހުންތައް މިނިވަން ކޮމިޝަނަކުން ފެށުމާ އެކު އެވެ.
ސިޓީގެ މައްޗަށް އެ ކުށްތައް ސާބިތުވެއްޖެ ނަމަ ޕޮއިންޓް އުނިކުރާނެ އެވެ. އޭގެ ސަބަބުން ޕްރިމިއަ ލީގުން ރެލިގޭޓްވުން ނުވަތަ ލީގުން ބޭރުކޮށްލުމުގެ ފުރުސަތު ވެސް، މިދިއަ ހަތަރު އަހަރުގެ ޗެމްޕިއަނުންނަށް އެބަ އޮތެވެ.
މިފަހަރުގެ ލީގުގައި %100ގެ ރެކޯޑެއް ދަމަހައްޓަމުން އަންނަ ހަމައެކަނި ކްލަބް މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ މިދިއަ ދެ ސީޒަންގައި އެންމެ ކައިރިން ވާދަކުރި އާސެނަލްއާ ދެކޮޅަށެވެ.
"ސީޒަންގެ ތެރޭގައި ކަލޭމެންނަށް ބުނެވިދާނެ، "އޯ މިއީ ގޯސް ސީޒަނެކޭ'. ކުޅުމަށް ބަލާއިރު ބުނެފާނެ 'އެއީ ލަދުވެތި، މުޅިން ހަލާކު ކުޅުމެކޭ، އެއްގޮތަކަށް ވެސް ގަބޫލެއްނުކުރެވޭނެއޭ'،" ސިޓީއާ މެދު ބައެއް ފަހަރަށް ދައްކާ ވާހަކައަށް އިޝާރަތްކޮށް ގާޑިއޯލާ ބުންޏެވެ.
"އެކަމަކު އަހަރެން ބޭނުން އަހަރެންގެ ކްލަބް ދިފާއުކުރަން. ހާއްސަކޮށް މި ކްލަބް ރެލިގޭޓްކޮށްލައި، ނުވަތަ ދުނިޔެއިން ފޮހެލަން ބޭނުން މީހުން އުޅޭ މި ޒަމާނުގައި، ވާދަވެރިންނަށް ވުރެ މާ ރަނގަޅު ދުވަސްތަކެއް އަހަރެމެން ތަޖުރިބާކުރަނީ. އެހެންވެ އަހަރެމެން މާ ގިނައިން މޮޅުވަނީ ވެސް."
ޕްރިމިއަ ލީގުން ތުހުމަތުކުރާ ގޮތުގައި 2009 އިން 2018އަށް ސިޓީން ވަނީ ލީގުގެ މާލީ އުސޫލުތަކާ އެތައް ފަހަރަކު ހިލާފުވެފަ އެވެ. މި މުއްދަތުގެ ތެރޭގައި ސިޓީން އަށް ފަހަރު ލީގު ކާމިޔާބުކުރި އެވެ.
މިނިވަން ކޮމިޝަނަކުން ސިޓީގެ މައްސަލަ ބަލަން ޕްރިމިއަ ލީގުން ނިންމީ ހަތަރު އަހަރުގެ ތަހުގީގަކަށް ފަހު އެވެ.
ކޮމެންޓް (2)
ސައިމާ
ސޭހު މަންސޫރް