މެންޗެސްޓަ ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހޭގް

ޔުނައިޓެޑަށް ބޭނުންވަނީ 'ހިތުގެ އޮޕަރޭޝަނެއް' ކަމަށް ރަންގްނިކް ބުނީ ރަނގަޅަށް: ޓެން ހެގް

ޔުނައިޓެޑްގެ ވަގުތީ ކޯޗެއްގެ ޒިންމާ އުފުލި ރަންގްނިކް ބުނި ގޮތުގައި ކުދިކުދި ކަންކަން ހައްލުކޮށްގެން ހަމަޔަކަށް އެޅުވޭ ވަރަށް ވުރެ ޔުނައިޓެޑް އޮތީ ހާލުގައި
21 ޖުލައި 2024

މެންޗެސްޓަ ޔުނައިޓެޑް އޮތީ ކްލަބް ތެރޭގައި ހުރި ކުދިކުދި ކަންކަން ހައްލުކޮށްގެން ރަނގަޅުކުރެވޭ ވަރަށް ވުރެ މާ ދެރަ ހާލެއްގައި ކަމަށާއި އެ ކްލަބަށް ބޭނުންވަނީ 'ހިތުގެ އޮޕަރޭޝަނެއް' ކަމަށް ކުރީގެ ކޯޗު ރާލްފް ރަންގްނިކް ބުނީ ރަނގަޅަށް ކަމަށް މިހާރުގެ ކޯޗު އެރިކް ޓެން ހޭގް އެއްބަސްވެއްޖެ އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ 2022ގައި ޓެން ހޭގް ހަވާލުވީ ރަންގްނިކްގެ ހަތް މަސް ދުވަހުގެ ވަގުތީ ޒިންމާއަށް ފަހު އެވެ. އޭނާގެ ކޯޗުކަމުގައި ޔުނައިޓެޑް ކުޅުނު 29 މެޗުގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ 11 މެޗެވެ.

"ރަންގްނިކް އެ ބުނީ ހަމަ އެންމެ ރަނގަޅަށް،" ޓެން ހޭގް ބުންޏެވެ.

މެޗެއްގައި ލަނޑު ޖެހުމަށް ފަހު މެންޗެސްޓަ ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އޭނާ ބުނި ގޮތުގައި މިދިއަ ދެ އަހަރު ޔުނައިޓެޑް ހަމަޔަކަށް އަޅުވަން ވަރަށް ބުރަކޮށް ވަނީ މަސައްކަތްކޮށްފަ އެވެ. އެހެންކަމުން ބޭނުންވަނީ، ރަންގްނިކް ބުނި ގޮތަށް، ވަރަށް ބޮޑު އޮޕަރޭޝަނެއް ކަމަށް، ޓެން ހޭގް އެއްބަސްވި އެވެ.

"މި މަގާމާ ހަވާލުވި އިރު ވެސް އަހަންނަށް އެނގޭ މިއީ ވަރަށް އުނދަގޫ ކަމެއްކަން،" ޓެން ހޭގް ބުންޏެވެ.

މިދިއަ ސީޒަންގައި ޔުނައިޓެޑް ނިންމީ ތާވަލްގެ އަށް ވަނާގައި އޮވެގެންނެވެ. މިހާރު އޮސްޓްރިއާގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ރަންގްނިކްގެ ބެލުމުގެ ދަށުން ޔުނައިޓެޑްގެ ސީޒަން ނިންމާލީ ހަ ވަނާގައި އޮވެ އެވެ.

އާ ސީޒަންގެ ޕްރިމިއަ ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ނުކުންނާނީ 17 އޮގަސްޓްގައި ފުލަމްއާ ދެކޮޅަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް