ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، ރޭގެ މެޗަށް ފަހު ބައްދާލައިގެން: މިއީ ޕްރިމިއަ ލީގުގައި ގާޑިއޯލާ އާއި ކްލޮޕް ވާދަކުރި ފަހު ފަހަރު

ގާޑިއޯލާ އާއި ކްލޮޕްގެ ވަދާއީ ބައްދާލުން، ވަރުގަދަ މެޗަކަށް ފަހު

ްރޭގެ މެޗު 1-1 އިން ނިމި ތާވަލްގެ ދެވަނަ އާއި ތިންވަނައަށް ވެއްޓުނަސް ލިވަޕޫލް އާއި ސިޓީއަކީ އަދިވެސް ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދުން އެންމެ ގާތް ދެ ޓީމު
11 މާރިޗު 2024

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު ވަރުގަދަ މެޗު 1-1 އިން އެއްވަރުވުމާ އެކު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ވަދާއީ ސަލާން ދިޔައީ ކުރިއަށް ވުރެ މާ ގާތްކޮށެވެ. ދެ ކޯޗުން ބައްދާލައިގެން ތިބެ ކުޑައިރުކޮޅަކު އެކަކު އަނެކަކަށް ހިތްވަރުދިނެވެ.

މިއީ ޕްރިމިއަ ލީގުން ކްލޮޕް ފެންނާނެ އެންމެ ފަހު ސީޒަން އެވެ. އަދި ގާޑިއޯލާގެ ސިޓީއާ ދެކޮޅަށް އެ ލީގުގައި އޭނާ ނުކުތް ފަހު މެޗު ވެސް މެ އެވެ.

ގާޑިއޯލާ އާއި ކްލޮޕްއަކީ މި ފަހުގެ ތާރީހުގައި ޕްރިމިއަ ލީގު ބަދަލުކޮށްލި، ތަފާތު ކުޅުންގަނޑެއް ގެނެސްދިން ދެ ތަޖުރިބާކާރުންނެވެ. ދެ މީހުންގެ މެދުގައި ވާދަވެރިކަން އޮތަސް މެޗުތައް ނިމުމާ އެކު އެކަކު އަނެކެއްގެ ހުނަރު އޮންނަނީ ގަބޫލުކުރަން ޖެހިފަ އެވެ.

މިކަހަލަ ވަރުގަދަ ދެ ކޯޗެއް އެއް މުބާރާތެއްގެ ފަހު ހިފުމަށް ބަލާ ނަމަ ރެއަކީ މޮޅު ކުޅުމެއް ފެނުނު ރެއެކެވެ. ތާވަލްގެ އެއްވަނައަށް އަރަން ބޭނުން ނަމަ ދެ ޓީމަށް ވެސް އޮތީ މޮޅުވުމެވެ. އެކަމަކު ފުރަތަމަ ހާފުގައި ސިޓީން ލީޑު ނަގާފައި އޮއްވާ، ފަހު ހާފުގެ ކުރީކޮޅު ލިބުނު ޕެނެލްޓީއަކުން ލިވަޕޫލް އެއްވަރުކުރި އެވެ.

މި ނަތީޖާއާ އެކު ތާވަލްގެ އެއްވަނައަށް އާސެނަލް އަރައި، ދެވަނައަށް ލިވަޕޫލް އަދި ތިން ވަނައަށް ސިޓީ ވަނީ ސޮއްސާލައިފަ އެވެ. އާސެނަލް އާއި ލިވަޕޫލް ޕޮޮއިންޓްގެ ގޮތުން އެއްވަރެވެ. ނަމަވެސް ފައިދާގެ ލަނޑަށް ބަލާއިރު އާސެނަލް އުޅެނީ ހަތް ލަނޑުން ކުރީގަ އެވެ.

އެކަމަކު ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އަދިވެސް ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އާސެނަލްއަށް ވުރެ ބޮޑީ ލިވަޕޫލް އާއި ސިޓީއަށެވެ.

ގާޑިއޯލާ އާއި ކްލޮޕްގެ އިތުރު ކުރިމަތިލުމެއް މި ސީޒަންގައި ދިމާވަންޏާ އެ ފުރުސަތު ދެން އޮތީ އެފްއޭ ކަޕްގަ އެވެ.

މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމިކަން ކްލޮޕް ވަނީ އިއުލާންކޮށްފަ އެވެ. އަދި އޭނާގެ ކާ މޭޒު މަތީގައި ކާނެ އެއްޗެއް ނެތަސް، ޕްރިމިއަ ލީގުގެ ޓީމަކާ ދެން ހަވާލުނުވާނެ ކަމަށް ވެސް ބުންޏެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 28، ޕޮއިންޓް 64 (ފައިދާ ގޯލް: 46)

  • 2-

    ލިވަޕޫލް، ކުޅުނު 28، ޕޮއިންޓް 64 (ފައިދާ ގޯލް: 39)

  • 3-

    މެންޗެސްޓަ ސިޓީ، ކުޅުނު 28، ޕޮއިންޓް 63 (ފައިދާ ގޯލް: 35)

  • 4-

    އެސްޓަން ވިލާ، ކުޅުނު 28، ޕޮއިންޓް 55

  • 5-

    ޓޮޓެންހަމް، ކުޅުނު 27، ޕޮއިންޓް 53

އިތުރު އާޓިކަލް

އިތުރު އާޓިކަލް