ކީލިއަން އެމްބާޕޭ، ޕީއެސްޖީއަށް ލަނޑެއް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

އެމްބާޕޭއަށް ރެއާލުން އަހަރަކު 15 މިލިއަން ޑޮލަރު، ބޯނަސްއަށް 162 މިލިއަން ޑޮލަރު

ފަސް އަހަރުގެ އެއްބަސްވުމަކަށް ދެ ފަރާތުން ވަނީ އެއްބަސްވެފައި. ޗެމްޕިއަންސް ލީގުގައި ދެ ޓީމު ޖެހޭ ގޮތް ނުވެއްޖެ ނަމަ ރަސްމީކޮށް އިއުލާންކުރާނެ
21 ފެބްރުއަރީ 2024

އެންމެ ފަހުން ހުރިހާ ކަމެއް މި އޮތީ ޔަގީންވެފަ އެވެ؛ ޕީއެސްޖީ ދޫކޮށް ކީލިއަން އެމްބާޕޭ ރެއާލް މެޑްރިޑަށް ދާން ހުރިހާ ކަމެއް ނިމުނީ އެވެ. ދެން އޮތީ ސޮއިކޮށްލުން އެކަންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 25 އަހަރުގެ ފޯވަޑަށް ރެއާލްއިން އަހަރަކު 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ލިބޭނެ އެވެ. އޭގެ އިތުރުން ރެއާލްއަށް ސޮއިކުރުމުގެ ބޯނަސް ފީއެއްގެ ގޮތުގައި162 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ) ވެސް ދެ އެވެ. އެކަމަކު މިއީ ފަސް އަހަރަށް ބަހާލައިގެން ރެއާލްއިން ދޭން ޖެހޭ އެއްޗެކެވެ. ދެން އޮތީ އެމްބާޕޭގެ ފޮޓޯ ބޭނުންކޮށްގެން ހޯދާ އާމްދަނީ އެވެ. އެއިން ވެސް ވަކި ޕަސަންޓޭޖެއް އޭނާއަށް ދޭން ރެއާލްއިން އެއްބަސްވެ އެވެ.

މިހާރު ޔަގީންވެފައިވާ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމްބާޕޭ ބޭނުންވީ މާޗު މަހުގެ ކުރިން އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމާށެވެ. އެހެންވެ މި މަހު13 ވަނަ ދުވަހުގެ ތަމްރީންތަކުގެ ކުރިން އޭނާ ޕީއެސްޖީއަށް ރަސްމީކޯށް އެކަން އެންގި އެވެ. ނަތީޖައަކަށް ވީ މިދިއަ ހޮނިހިރުދުވަހު ކުޅުނު ލީގު މެޗުގައި ބެންޗުގައި ބޭންދުމެވެ. ނަމަވެސް ފަހުން ކުޅެން އަރާ ލަނޑެއް ވެސް ޖަހައިދިނެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ އަންނަ ޖޫން އަށެވެ. ރެއާލްއަށް އޭނާ ބަދަލުވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

މިހާރު ކުރިއަށް ދާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ރެއާލް ނުޖެހޭ ގޮތަށް ކަންކަން ހިނގައްޖެ ނަމަ އެއްބަސްވުމުގެ ވާހަކަ ރަސްމީކޮށް އިއުލާންކުރާނެ އެވެ. ގަދަ 16ގެ ފުރަތަމަ ލެގު ދެ ޓީމުން ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް