އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ބާންލީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިވަޕޫލް ކުޅުންތެރިން ހިތްހަމަޖެހިފައި

ލިވަޕޫލް

ލިވަޕޫލް ކުޑަ އިރުކޮޅަކަށް އެއްވަނައިން ވެއްޓުމަށް ފަހު އަލުން އަރައިފި

ބާންލީގެ މައްޗަށް ލިވަޕޫލުން ހޯދި 3-1ގެ ކާމިޔާބީގެ ކުރިން އެވަޓަން ބަލިކޮށް މެންޗެސްޓާ ސިޓީ އޮތީ ތާވަލްގެ އެއް ވަނާގައި
11 ފެބްރުއަރީ 2024

އިއްޔެ އެވަޓަންގެ މައްޗަށް މެންޗެސްޓަ ސިޓީ ހޯދި 2-0ގެ ކާމިޔާބީއާ އެކު ލިވަޕޫލްގެ އެއްވަނަ މަގާމު އަތުލި އެވެ. ނަމަވެސް އެއީ ކުޑަކުޑަ ވަގުތުކޮޅަކަށެވެ. ބާންލީއާ ދެކޮޅަށް ކުޅެ ހޯދި 3-1ގެ މޮޅާ އެކު އަަނެއްކާވެސް ލިވަޕޫލް މިވަނީ އެއްވަނަ މަގާމު އަތުލައިފަ އެވެ.

އެންމެ ފަހުގެ ތިން ސީޒަންގެ ވެސް ޗެމްޕިއަން ސިޓީއަށް އޮތް ހިތްހަމަޖެހުމަކީ ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅުމެވެ. އެހެންކަމުން ލިވަޕޫލަށް ވުރެ އިތުރަށް އަދިވެސް ތިން ޕޮއިންޓް އަތުގައި އެބަ އޮތެވެ. އެ ދޫކޮށްނުލާހާ ހިނދަކު ތާވަލްގެ އެއް ވަނަ ސިޓިއަށް ލިބުން ކައިރި އެވެ.

ލިވަޕޫލްގެ މޮޅާ އެކު ދެ ޓީމުގެ ޕޮއިންޓްގެ ފަރަގަކީ އެންމެ ދެ ޕޮއިންޓެވެ.

ރޭ ލިވަޕޫލުން މޮޅުވީ ލީގު މެޗެއް ބަލަން އެންފީލްޑްއަށް ވަދެ ތިބި ރެކޯޑް އަދަދެއްގެ ކުޅިބަލާމީހުންގެ ކުރިމަތީގަ އެވެ. މި މެޗު ބަލަން 59،896 މީހުން ވަނެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    ލިވަޕޫލް: ކުޅުނު 24، ޕޮއިންޓް 54

  • 2-

    މެންޗެސްޓަ ސިޓީ: ކުޅުނު 23، ޕޮއިންޓް 52

  • 3-

    އާސެނަލް، ކުޅުނު 23، ޕޮއިންޓް 49

  • 4-

    ޓޮޓެންހަމް، ކުޅުނު 24، ޕޮއިންޓް 47

  • 5-

    އެސްޓަން ވިލާ، ކުޅުނު 23، ޕޮއިންޓް 46

އިތުރު އާޓިކަލް

އިތުރު އާޓިކަލް