އޭޝިއަން ކަޕް ތަށި ގަތަރު ޓީމުން އުފުލާލަނީ: ގަތަރަކީ 2019ގެ ވެސް ޗެމްޕިއަނުން

އޭޝިއަން ކަޕް

ޕެނެލްޓީން ހެދި ހެޓްރިކާ އެކު ގަތަރުން އޭޝިއަން ކަޕް ދިފާއުކޮށްފި

މިއީ 2004ގައި ޖަޕާނުން ޖެހިޖެހިގެން ދެ ފަހަރަށް އޭޝިއާގެ އެންމެ ބޮޑު މުބާރާތް ކާމިޔާބުކުރި ފަހުން އެ ޝަރަފު އެހެން ގައުމަކުން ހޯދި ފުރަތަމަ ފަހަރު
11 ފެބްރުއަރީ 2024

އަމިއްލަ ފަސްގަނޑުގައި ޖޯޑަން ކޮޅަށް ޕެނެލްޓީން ހެދި ހެޓްރިކާ އެކު އަކްރަމް އަފީފް، ގަތަރަށް އޭޝިއަން ކަޕް ރޭ ދިފާއުކޮށްދީފި އެވެ.

ފުރަތަމަ ފަހަރަށް ފައިނަލްގައި ކުޅުނު ޖޯޑަންއިން އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލަން ކުރި އުއްމީދު ދެ ވަނަ ހާފުގައި ޔަޒާން އަލް ނައިމަތު ޖެހި ހިތްގައިމު ލަނޑާ އެކު 1-1 އިން އެއްވަރުވެ، އާކޮށްދިނެވެ.

ނަމަވެސް ފުރަތަމަ ޕެނެލްޓީއަކުން ގަތަަރަށް ލީޑު ނަގައިގެން ފޯވަޑް އަފީފު ދެވަނަ ޕެނެލްޓީ 73 މިނިޓްގައި ކާމިޔާބުކުރި އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ތިން ވަނަ ޕެނެލްޓީއެއް ލިބި އެ ޕެނެލްޓީ ވެސް އޭނާ ވައްދާލައި، ހެޓްރިކް ހެދި އެވެ. ނަތީޖާއަކީ 3-1 އެވެ.

ރޭ ޖޯޑަން ކޮޅަށް ތިން ޕެނެލްޓީ ޖަހައި ހެޓްރިކް ހެދި އަކްރަމް އަފީފް އުފާ ފާޅުކުރަމުން ދުވަނީ

އެންމެ ފަހުގެ ޗެމްޕިއަން ގަތަރުން ތަށި ދިފާއުކުރުމަކީ 2004ގެ ފަހުން ޖަޕާނުން ހޯދި އެ ކާމިޔާބީގެ ފަހުން އެހެން ގައުމަކަށް އެކަން ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި ގަތަރަކީ ޖެހިޖެހިގެން ދެ ފަހަރަށް އޭޝިއަން ކަޕް އުފާލި ފަސް ވަނަ ޓީމެވެ.

އެންމެ ފަހު ވޯލްޑް ކަޕަށް ހެދި ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފޯރިގަދަވެފައި، ކުޅުން ވެސް ދާދި ހަމަހަމަ އެވެ. ޖޯޑަންގެ އެތައް ހާސް ބަޔަކު ވެސް ޓީމަށް ހިތްވަރުދެމުން ދިޔަ އެވެ. ނަމަވެސް ސެމީ ފައިނަލްގައި ސައުތު ކޮރެޔާ 2-0 އިން ބަލިކޮށް ފައިނަލުން ޖާގަ ހޯދި ޓީމަށް، އިތުރު ކާމިޔާބީއަކާ ހަމައަށް ދެވޭވަރެއް ނުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް