މީޑިއާނެޓުން ގެނެސްދޭ ޕްރިމިއަ ލީގުގެ މެޗުތައް.

މީޑިއާނެޓް

އަހަރު ނިންމާލަނީ ޕްރިމިއަ ލީގުގެ ފޯރިގަދަ މެޗުތަކުން؛ ހުރިހާ މެޗެއް މީޑިއާނެޓުން

25 ޑިސެމްބަރު 2023
1

ގިނަ އަހަރުތަކަކަށް ފަހު މި އަހަރުގެ ފަހު ދުވަސްތަކަކީ އިނގިރޭސި ފުޓުބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް ފޯރިން ފުރިގެންވާ ދުވަސްތަކަކަށް ވެގެންދާނެ އެވެ. އެހެން އަހަރުތަކާ ހިާލާފަށް އިނގިރޭސި ޕްރިމިއަ ލީގުގައި ގިނަ މެޗުތަކެއް މާދަމާއިން ފެށިގެން ކުޅޭނެ އެވެ. އަހަރު ނިމިގެންދާނީ ދުވަހުގެ ތެރޭގައި 18 މެޗު ކުޅެގެންނެވެ.

ހަމަ އެއާ އެކު، 1 ޖެނުއަރީގައި އާ އަހަރަށް އެއް ދުވަހުގެ މެދުކަނޑާލުމަށް ފަހު، އަނެއްކާވެސް 2 އަދި 3 ޖެނުއަރީގައި މެޗުތައް އޮންނާނެ އެވެ. މި ހުރިހާ މެޗުތަކެއް ވަގުތުން މީޑިއާނެޓުގެ ޗެނަލްތައް މެދުވެރިކޮށް ބެލޭނެ އެވެ.

26 ޑިސެމްބަރު

ޖުމްލަ ހަތަރު މެޗު މި ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، މިވަގުތު ޓޭބަލްގެ ގަދަ ފަހެއްގައި އުޅޭ ނިއުކާސަލް ޔުނައިޓަޑް އަދި ލިވަޕޫލްގެ މެޗުތައް މި ދުވަހު އޮންނާނެ އެވެ. ނިއުކާސަލް ޔުނައިޓެޑް ނޮޓިންގްހަމް ފޮރެސްޓް އާއި ދެކޮޅަށް އެ ދުވަހުގެ ހަވީރު 5:30ގައި ނިކުންނައިރު ލިވަޕޫލް އަދި ބާންލީގެ މެޗު އޮންނާނީ އެރޭ 10:30ގަ އެވެ.

މީގެ އިތުރުން ފުލްހަމް-ބޯންމައުތް އަދި ޝެފިލްޑް ޔުނައިޓެޑް-ލުޓަން ޓައުންގެ މެޗު ވެސް މި ދުވަހު އޮންނާނެ އެވެ.

27 ޑިސެމްބަރު

މި ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ޓޭބަލްގެ އުހުގައި ވާދަކުރަމުން އަންނަ އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރު މެންޗެސްޓަ ޔުނައިޓެޑް އަދި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ ޓޭބަލްގެ މަތީ މަގާމެއްގައި އޮތް އެސްޓަން ވިލާ އެވެ. މި މެޗު އޮންނާނީ ދަންވަރު 1ގަ އެވެ.

28 ޑިސެމްބަރު

މެޗު ފޯމް އަނބުރާ ހޯދަމުން އަންނަ ޗެލްސީ މި ދުވަހު ބައްދަލުކުރާނީ ދަންވަރު 12:30ގައި ކްރިސްޓަލް ޕެލެސްއާ އެވެ. ހަމަ މި ގަޑީގައި، ބްރެންޓްފޮޑް އަދި ވުލްވްސް ވެސް ބައްދަލުކުރާނެ އެވެ. 1:15ގައި ޗެމްޕިއަން މެންޗެސްޓަ ސިޓީ ބައްދަލުކުރާނީ ފަހަކަށް އައިސް މޮޅު ކުޅުމެއް ކުޅެމުން އަންނަ އެވަޓަންއާ އެވެ.

29 ޑިސެމްބަރު

މިއީ ބޮޑު ދެ މެޗު ކުޅޭ ދުވަހެކެވެ. ފާއިތުވި އަހަރުތަކުގައި ވާދަވެރިކޮށް ފެނުނު ބްރައިޓަން އަދި ޓޮޓްނަމް ހޮޓްސްޕާރޒް ގެ މެޗު 12:30ގައި އޮތް އިރު ޓޭބަލްގެ އެންމެ ކުރީގައި އޮތް އާސެނަލް އަދި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ވެސްޓް ހާމް 1:15ގައި ބައްދަލުކުރާނެ އެވެ.

30 ޑިސެމްބަރު

ޖުމްލަ ފަސް މެޗު މި ދުވަހު ކުޅޭނެ އެވެ. އިނގިރޭސި ފުޓުބޯޅައިގެ އެންމެ ބޮޑެތި ޓީމުތައް ކަމުގައިވާ ޗެލްސީ، މެންޗެސްޓަ ސިޓީ އަދި މެންޗެސްޓަ ޔުނައިޓެޑުގެ މެޗުތައް މި ދުވަހުގެ 8 އިން ފަށައިގެން ކުޅޭނެ އެވެ.

މި ދުވަހުގެ ގިނަ މެޗުތަކުގައި ޕޮއިންޓް ޓޭބަލްގެ މަތީ ފަންތީގެ ޓީމުތަކާއި އެންމެ ފުލުގައި އޮތް ޓީމުތައް ބައްދަލުކުރަން ޖެހުމީ، ގިނަ ގޯލުތަކެއް ފެނިގެންދާނެކަމަށް ލަފާ ކުރެވޭ ސަބަބެކެވެ.

31 ޑިސެމްބަރު

އަހަރުގެ ފަހު ދުވަހު އާސެނަލް ބައްދަލުކުރާނީ ފުލަމްއާ އެވެ. މި އަހަރު ޓޭބަލްގެ އެއް ވަނަ ޓީމުގެ ގޮތުގައި ނިންމާލުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. ރޭގަނޑު 7މި މެޗު ކުޅޭއިރު ހަމަ މި ގަޑީގައި ޓޮޓްނަމް އަދި ބޯންމައުތު ވެސް ބައްދަލުކުރާނެ އެވެ.

އާ އަހަރު ފެށިގެން 2 ޖެނުއަރީގައި ލިވަޕޫލް އަދި ނިއުކާސަލްގެ ވަރުގަދަ ކުރިމަތިލުމެއް އޮންނާނެ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް ދެ ޓީމަށް ވެސް މޮޅުވުން މުހިއްމު މެޗެކެވެ. ޓޭބަލްގެ އުހުގައި އުޅޭ ބްރައިޓަން އަދި ވެސްޓްހަމްގެ މެޗު އޮންނާނީ 3 ޖެނުއަރީގައި ދަންވަރު 12:30ގަ އެވެ.

މީޑިއާނެޓް އަޕްގްރޭޑް އެންޑް ވިން ޕްރޮމޯޝަން

  • ނަގާފައިވާ މީޑިއާނެޓު ޕެކޭޖު އަޕްގްރޭޑް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ 

  • މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ޚާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިގައި 

  • އޭގެ ތެރޭގައި، އައިފޯން 15 ޕްރޯ މޯބައިލް ފޯނު، ޓީސީއެލް 55 އިންޗީގެ ޓީވީ އަދި ސެމްސަންގް ސައުންޑްބާ ސިސްޓަމް ހިމެނޭ

ކޮމެންޓް (1)

ސޭކުސްތާން

27 ޑިސެމްބަރު 2023
އޭޱީކޭ ނެޓްން ހެއްލުންވާ ވިއަފާރިން އުފެއްދި ނެޓް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް