އެމެރިކާގެ ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ މެޖިކް ޖޯންސަން: ފޯބްސް އިން ވަނީ އޭނާއަކީ ބިލިއަނަރެއް ކަމަށް ކަނޑައަޅާފައި

ބާސްކެޓްބޯޅަ

މެޖިކް ޖޯންސަން ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދައިފި

މިއީ ކުޅިވަރު ކުޅުންތެރިންގެ. ތެރެއިން ބިލިއަނަރަކަށް ވީ ތިން ވަނަ ކުޅުންތެރިޔާ. ކުރިން ލިސްޓަށް އެރީ ޓައިގާ ވުޑްސް އާއި މައިކަލް ޖޯޑަން
30 އޮކްޓޯބަރު 2023

އެމެރިކާގެ ކުރީގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ މެޖިކް ޖޯންސަންއަކީ ބިލިއަނަރެއް ކަމަށް، ފޯބްސް އިން ކަނޑައަޅައިފި އެވެ.

މުއްސަނދިންގެ ލިސްޓް ނެރުމުގައި މަޝްހޫރު ފޯބްސްއިން ބުނާ ގޮތުގައި ޖޯންސަންގެ މުއްސަނދިކަން ހުރީ 1.2 ބިލިއަން ޑޮލަރުގަ އެވެ. މިއީ ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ބިލިއަނަރުންގެ ގޮތުގައި ފޯބްސްއަށް އެރީ ގޮލްފް ކުޅުންތެރިޔާ ޓައިޑަ ވުޑްސް އާއި ބާސްކެޓްބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަން އެވެ.

ޖޯންސަންގެ މުއްސަނދިކަމުގެ ބޮޑު ބައި ހިއްސާކުރަނީ ކުޅިވަރު ކުޅެގެން ލިބުނު މާލީ ތަނަވަސްކަމެއް ނޫނެވެ. އޭނާ ކުރި އިންވެސްޓްމަންޓްތަކެވެ. އޭނާ 1996ގައި ކުޅުން ހުއްޓާލި އިރު ބާސްކެޓްބޯޅައިގެ ކެރިއަރުގައި ލިބުނު އާމްދަނީ އުޅުނީ 40 މިލިއަން ޑޮލަރުގަ އެވެ.

ފޯބްސް އިން ބުނީ ޖޯންސަންގެ މުއްސަނދިކަން މައްޗަށް އެރީ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ހިއްސާގެ ސަބަބުން ކަމަށެވެ. އެގޮތުން ސްޓާބަކްސް އާއި ބާގާ ކިންގް އާއި 24 އަވާ ފިޓްނެސް އާއި އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ އެކުއިޓްރަސްޓްގެ ހިއްސާ ގަނެފައިވެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފައިދާ ބޮޑީ އިންޝުއަރެންސް ދާއިރާގަ އެވެ.

ޖޯންސަން ބުނީ 1970ގެ އަހަރުތަކުގެ ތެރޭގައި ބާސްކެޓް ކެރިއާ ފެށިއިރު ނައިކީގެ ހިއްސާ ގަތުމުގެ ފުރުސަތު ދޫނުކޮށްލި ނަމަ މިއަށް ވުރެ އަވަހަށް ބިލިއަނަރަކަށް ވެވުނީހެވެ. ނައިކީގެ ބަދަލުގައި އޭނާ ގަބޫލުކުރީ ބޫޓު ކަހަލަ އެއްޗެހި އުފައްދާ އެހެން ކުންފުންޏެއް ކަމަށްވާ ކޮންވާސްގެ ހުށައެޅުމެވެ. އެ ހުށައެޅުމުގެ ދަށުން އަހަރަކު 100،000 ޑޮލަރު އޭނާއަށް ލިބުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް