ހެރީ ކޭން ރޭ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ. ޖަރުމަން ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގައި ހަތް ލަނޑު ޖެހި

ބުންޑެސްލީގާ

ބަނާންއަށް ކޭންގެ ފުރަތަމަ ހެޓްރިކުން ބޮޑު މޮޅެއް

މިއީ 2017ގެ ފަހުން ލީގު މެޗެއްގައި ކޭންއަށް ތިން ލަނޑު ޖެހުނު ފުރަތަމަ ފަހަރު
24 ސެޕްޓެމްބަރު 2023

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން، އިނގިރޭސި ލީގު ދޫކޮށް ޖަރުމަންގެ ބުންޑެސްލީގާއަށް ބަދަލުވީ ނަމެއްގައި ނޫންކަން ރޭ ވެސް ސާބިތުކޮށްދީފި އެވެ. ބޯކަމްއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުން 7-0 އިން މޮޅުވި އިރު އޭގެ ތެރޭގައި ކޭންގެ ހެޓްރިކްގެ ތިން ލަނޑު ހިމެނެ އެވެ.

މިއީ ކުރިން ޓޮޓެންހަމްގެ ފޯވަޑަށް ޑިސެމްބަރު 2017ގެ ފަހުން ލީގު މެޗެއްގައި ހެދުނު ފުރަތަމަ ހެޓްރިކް ވެސް މެ އެވެ. އެ ފަހަރު އިނގިރޭސި ލީގުގައި ބާންލީ އާއި ސައުތުޓެމްޓަން ކޮޅަށް ޖެހިޖެހިގެން ތިން ހެޓްރިކް ހެދި އެވެ.

މި ސީޒަންގައި ބަޔާންއަށް ބަދަލުވެ މިހާތަނަށް ބުންޑެސްލީގާގައި ކުޅުނު ފަސް މެޗުގައި ކޭން ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. އޭގެ އިތުރުން މިދިއަ ހަފުތާގައި ކުޅުނު ޗެމްޕިއަންސް ލީގުގައި މެންޗެސްޓަ ޔުނައިޓެޑް އަތުން 3-2 އިން ބަޔާން މޮޅުވި މެޗުގައި ވެސް ލަނޑެއް ޖެއްސެވެ.

ބަޔާން ތާވަލްގެ ކުރީގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ލިބިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް