Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 7:47 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

ރޭ މެންޗެސްޓަ ޔުނައިޓެޑްގެ ދަނޑުގައި 3-1 އިން މޮޅުވި ބްރައިޓަންގެ ކުޅުންތެރިން ލަނޑަކަށް ފަހު އުފާ ފާޅުކުރަނީ

ޔުނައިޓެޑަށް ބޮޑު ބައްޔެއް، ސިޓީ ހަމަ އެގޮތުގައި އެކެއްގައި

ބްރައިޓަން އަތުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ބަލިވުމުން ސަޕޯޓަރުން ވަނީ ކޯޗު ޓެން ހޭގްއަށް މަލާމަތްކޮށްފައި
17 ސެޕްޓެމްބަރު 2023

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 3-1 އިން މެންޗެސްޓަ ޔުނައިޓެޑް ބަލިވެ، ފަސް މެޗުން އެންމެ ހަ ޕޮއިންޓާ އެކު 13 ވަނައަށް ސޮއްސާލުމަކީ، ސަޕޯޓަރުންނަށް ބަލަން އުނދަގޫ މަންޒަރެކެވެ. އެހެންކަމުން ކޯޗު އެރިކް ޓެން ހޭގްއަށް މަލާމާތްކުރުމުގެ ގޮތުން އަޑު ލެއްވުމަކީ، މާ ބޮޑު މައްސަލައެއް ކަމަކަށެއް ނުފެނެ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑަށް ސުން ކަނޑުވާލެވުނީ ވެސް ތާވަލްގެ ހަތަރު ވަނައަށް ޖެހިލި، ބްރައިޓަން ތިން ލަނޑު ޖެހި ފަހުން، 73 ވަނަ މިނިޓްގަ އެވެ. ބާކ ީ17 މިނިޓްގައި ވެސް ނުރައްކާކުރީ ބްރައިޓަން އެވެ.

މިއީ އިނގިރޭސި ޕްރިމިއަ ލީގުގައި 15-2014ގެ ފަހުން ޔުނައިޓެޑްގެ އެންމެ ދަށް ފެށުމެވެ. ހަމައެކަނި ޕޮއިންޓް މަދުވުން އެކަންޏެއް ނޫނެވެ. ފުރަތަމަ ހަތަރު މެޗުގައި އެއް ލަނޑަށް ވުރެ ގިނައިން ގޯލަށް ވަދެފައި ވުމަކީ 1979ގެ ފަހުން ފެނުނު އެފަދަ ފުރަތަމަ ތަޖުރިބާ އެވެ.

ލީގުގެ ފުރަތަމަ ކޮޅު މި ތަފާތު ނަތީޖާތަކާ ޔުނައިޓެޑުން ކުރިމަތިލި އިރު އަމިއްލަ ސިޓީގެ ބޮޑު ވާދަވެރިޔާ އަދި މިދިއަ ތިން އަހަރުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ އެ ގެންދަނީ އެ ކްލަބްގެ ގޮތުގައި ހިފަހައްޓަމުންނެވެ.

ރޭ ވެސްޓް ހެމްގެ ދަނޑުގައި، ވެސްޓް ހެމުން ފުރަތަމަ ހާފުގައި ލަނޑު ޖަހާ ކުރި ހޯދާފައި އޮއްވާ ފަހު ހާފުގައި ތިން ލަނޑު ކާމިޔާބުކޮށް 3-1 އިން މޮޅުވުމަކީ، ފަސް މެޗުން 15 ޕޮއިންޓް ހޯދުމެވެ. ތާވަލްގައި ސިޓީ އޮތީ 11 ގޯލުގެ ފައިދާއާ ވެސް އެކުގަ އެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    މެންޗެސްޓަ ސިޓީ، ކުޅުނު 5، ޕޮއިންޓް 15

  • 2-

    ޓޮޓެންހަމް، ކުޅުނު 5، ޕޮއިންޓް 13

  • 3-

    ލިވަޕޫލް، ކުޅުނު 5، ޕޮއިންޓް 13

  • 4-

    ބްރައިޓަން، ކުޅުނު 5، ޕޮއިންޓް 12

  • 5-

    އާސެނަލް، ކުޅުނު 4، ޕޮއިންޓް 10

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް