Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 7:03 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

އިސްމާއިލް ސާޖިދު (ކަނާތް ފަރާތުން ދެވަނަ) އާއި އާދަމް ނަސީމް (ވ) ޓީމުގެ އޮފިޝަލުންނާ އެކު

ބީޗު ވޮލީބޯލް

ސާޖިދާއި އާދަމްގެ މަގާމު ދިފާއު ނުކުރެވި ދެވަނާގައި ނިންމާލައިފި

ރާއްޖޭގެ ޕެއާއަކީ އިއްޔެއާ ހަމައަށް ޗެމްޕިއަނުން. ފައިނަލްގައި ބަލިވީ އިންޑިއާއާ ވާދަކޮށް ސީދާ ދެ ސެޓުން
16 ސެޕްޓެމްބަރު 2023

ބީޗު ވޮލީގައި ރާއްޖޭގެ އެެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ބީޗު ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި އިންޑިއާ އަތުން ސީދާ ދެ ސެޓުން އިއްޔެ ބަލިވެއްޖެ އެވެ.

މިދިއަ އަހަރު އޮތް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިވެހި ދެ ކުޅުންތެރިންގެ މައްޗަށް އިންޑިއާއިން ސެޓްތައް ގެންދިޔައީ 21-19 ،21-14 އިންނެވެ.

ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ފައިނަލަށް އިއްޔެ ރާއްޖެ ދަތުރުކުރީ ބަންގްލަދޭޝްގެ އެންމެ މޮޅު ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. ފައިނަލް މެޗުގެ ކުރިން ރާއްޖެ ކުޅުނު ހުރިހާ މެޗެއްގައި ވެސް، ސާޖިދާއި އާދަމްގެ ކުޅުން ތަފާތުވެފައި، މޮޅެވެ.

މިފަހަރު ރާއްޖެ ބަލިވުމުގެ މައިގަނޑު އެއް ސަބަބެއް ކަމަށް، ވޮލީބޯޅައިގެ ބައެއް ތަޖުރިބާކާރުން ބުނަނީ، މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައި ނެތުމެވެ. އެގޮތުން މި ފަހުން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ގައުމީ ވޮލީ ޓީމަށް ސާޖިދު ކުޅެ، ބީޗު ވޮލީއާ ދުރަށް ދުވަސްކޮޅަކަށް ޖެހިލި އެވެ.

ސާޖިދަކީ މި ފަހުން ބީޗު ވޮލީއަށް ހާއްސަކޮށްގެން ތަމްރީން ހަދަމުން އައި ކުޅުންތެރިއެކެވެ. އަދި ކާވާ މުބާރާތުން މިދިއަ އަހަރު ޗެމްޕިއަންކަން ހޯދުމުން ބީޗު ވޮލީއަށް ދޭ ސަމާލުކަން ބޮޑުވާނެ ކަމަށް ވެސް ބެލެވުނެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް