
ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމާއި ޓީއެފްޖީއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުމަށް ފަހު (ފޮޓޯ/ހުސެއިން ސުނޭން)
ޓީއެފްޖީ ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމުގެ ފިޓްނަސް ޕާޓްނަރަކަށް
ރާއްޖޭގެ ނޭޝަނަލް ނެޓްބޯލް ޓީމުގެ ދުޅަހެޔޮކަން ރަނގަޅުކުރަން ހޭންޑްބޯލް އެސޯސިއޭޝަނާއި ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއް އަހަރަށް ހެދި ކޮންޓްރެކްޓުގެ ފުރަތަމަ މަރުހަލާ މިހާރު ވަނީ މި މަހު ދެ ވަނަ ދުވަހު ފަށައިފަ އެވެ. މައިގަނޑު ގޮތެއްގައި އޮންނާނީ ކުޅުންތެރިންގެ ބުންވަރާއި ޖިސްމާނީ ގޮތުން ރަނގަޅުކުރުމާއި އާންމު ދުޅަހެޔޮކަމުގެ ބައިތަކެވެ. އެއީ ސްޓްރެންތު އެންޑް ކޮންޑިޝަނިން ތަމްރީންތަކެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނެޓްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް އައިޝަތު ލީލާ އާއި ޓީއެފްޖީގެ ސީއީއޯ ހުސެން ޒިނާން ބައިވެރިވެވަޑައިގަތެވެ. ސޮއިކުރެއްވީ ލީލާ އާއި ޓީއެފްޖީގެ ފިޓްނެސް މެނޭޖަރު އައިޝަތު ޝަފާ އެވެ.

ޒިނާން ވިދާޅުވީ އެންމެ ފުރަތަމަ މަރުހަލާގައި އޮންނާނީ ކުޅުންތެރިންގެ ފިޓްނެސް ޓެސްޓު ކުރުން ކަމަށެވެ. ޓީއެފްޖީގެ މަގުސަދަކީ ރާއްޖޭގެ ނެޓްބޯޅަ ޓީމުގެ ކުރިއެރުމުގައި ފިޓްނަސް ދާއިރާގެ އެހެން އެއްވެސް ބަޔަކަށް ވުރެ ޓީއެފްޖީގެ ބައިވެރިވުން ބޮޑުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖެއިން ލިބޭނެ އެންމެ ރަނގަޅު ފިޓްނެސް ޓްރެއިނިން ހޯދަން ނެޓްބޯޅަ ޓީމަށް އޮތް ފުރުސަތެކެވެ.
"ތިޔަ ކުންދިންގެ ހިތްވަރެއް މިކަމުގައި އޮތީ، އެންމެ ކުރިއެރޭނެ ވަރަކަށް ކުރިއަރަން،" ޒިނާން ވިދާޅުވި އެވެ.

ޓީއެފްޖީއަކީ ރާއްޖޭގެ ފިޓްނަސް ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިން ފިޓްނަސް ސެންޓަރެކެވެ. އަދި ޒަމާނީ ފަހުގެ ވަރަށް ގިނަ ސާމާނުން ތަން މުއްސަނދިވުމުގެ އިތުރުން ވަރަށް ތަފާތު ފިޓްނަސް ޕްރޮގްރާމްތައް ވެސް ހިންގަ އެވެ.
ކޮމެންޓް