ޔުވެންޓަސްގެ ކުޅުންތެރިން މެޗެއްގެ ތެރޭގައި އުފާ ފާޅުކުރަނީ: 10 ޕޮއންޓް ވަނީ އ

ޔުވެންޓަސް

އިޓަލީގެ އެފްއޭ އަށް ޔުވެންޓަސްއިން 744،000 ޑޮލަރުގެ ޖޫރިމަނާ ދައްކަން އެއްބަސް

ީކުޅުންތެރިންގެ ޓްރާންސްފާގެ ކަންކަމާއި މުސާރައިގެ ކަންކަމުގައި އޮޅުވާލުންތައް ހަދާފައި ވާތީ 10 ޕޮއިންޓް ވެސް ވަނީ އުނިކޮށްފައި
31 މޭ 2023

ކުޅުންތެރިންގެ ޓްރާންސްފާ އާއި މުސާރަ އޮޅުވާލާފައި ވާތީ އިޓަލީގެ ޔުވެންޓަސް މިހާރު ވެއްޓިފައި އޮތް މައްސަލައިން ސަލާމަތްވުމުގެ އެންމެ ފަހު ކަމެއްގެ ގޮތުން، ޖޫރިމަނާގެ ގޮތުގައި 744،000 ޑޮލަރު (11 މިލިއަން ރުފިޔާ) އިޓަލީގެ ފުޓްބޯލް އެސޯސިއޭޝަނަށް ދައްކަން އެއްބަސް ވެއްޖެ އެވެ.

ޔުވެންޓަސްއާ ދެކޮޅަށް ކުރިން ވަނީ މިފަހަރުގެ ލީގުން 10 ޕޮއިންޓް އުނިކޮށްފަ އެވެ. އެންމެ ފުރަތަމަ އުނިކުރީ 15 ޕޮއިންޓެވެ. އެކަމަކު ޔުވެންޓަސް އިން އެ މައްސަލަ އިސްތިއުނާފްކުރުމުން 10 ޕޮއިންޓަށް ބަދަލުކުރީ އެވެ.

ޕޮއިންޓް އުނިކުރުމުން މިހާރު ޔުވެންޓަސް އޮތީ ތާވަލްގެ ހަތް ވަނާގަ އެވެ. އެންމެ ފަހު މެޗުތައް އަންނަ އާދިއްތަދުވަހު ކުޅޭ އިރު ނަތީޖާ ނުކުންނަ ގޮތަކުން ޔޫރޮޕާ ލީގުން ވެސް ޖާގަ ލިބިދާނެ އެވެ. ޕޮއިންޓް އުނި ނުކުރި ނަމަ ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރުވާ ވަރަށް، ތާވަލްގެ ހަތަރު ވަނައަށް ޖެހިލީހެވެ.

ޔުވެންޓަސްއިން ބުނީ ޖޫރިމަނާ ދައްކައި، މިކަމުން ސަލާމަތްވުމަކީ ކްލަބްގެ ކުރިމަގަށް މުހިންމު ކަމެއް ކަމަށެވެ. އޭރުން ކޯޗާއި ކުޅުންތެރިންނަށް އަންނަ ސީޒަންގެ ކަންކަމަށް ސަމާލުކަން ދެވޭނެ ކަމަށ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް