ފެބްރުއަރީ މަހު މާލޭގައި އޮތް ފޯ ނޭޝަންސް ކަޕްގެ ފައިނަލް މެޗުގައި ސިންގަޕޫރު ކައިރިން ސެޓެއް ހޯދުމަށް ފަހު ރާއްޖޭގެ ކެޕްޓަން ހައްވާ ރާޝިދާ (6) އެހެން ކުޅުންތެރިންނާ އެކު އުފާ ފާޅުކުރަނީ: ރާއްޖޭގެ ޓީމު މިވަގުތު ކުޅެމުން އަންނަނީ ނޭޕާލުގައި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ވޮލީބޯޅަ

ރާއްޖޭގެ އަންހެން ޓީމަށް ތަޖުރިބާކުރަން ޖެހުނީ މުޅިން ތަފާތު ފެންވަރެއް

ކާވާ ޗެލެންޖް ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ތަފާތު ބޮޑުކޮށް، ކުރިއަށް އޮތީ ވެސް ވަރުގަދަ ދެ މެޗު
23 މޭ 2023

ނޭޕާލުގައި އިއްޔެ ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް ޗެލެންޖް ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖޭގެ އަންހެން ޓީމު، ތަފާތު ފެންވަރެއް ދެއްކި ކަޒަކަސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

ރާއްޖޭގެ ފެށުން އެގޮތަށް ދިޔަ ނަމަވެސް، ދެ ޓީމުގެ ކުޅުމަށް ބަލާ އިރު، މާ ބޮޑު ޝަކުވާއެއް އޮންނާކަށް ވެސް ނުޖެހެ އެވެ. ފުރަތަމަ ސެޓްގެ ކުރީކޮޅު ރާއްޖެއަށް ލީޑެއް ލިބުނަސް 25-16 އިން ކަޒަކަސްތާނުން ހޯދި ސެޓާ އެކު މުޅި މެޗު ގެންދިޔައީ ރާއްޖެއަށް ކުރިއަރާނެ އިތުރު ޖާގައެއް ނުދީ އެވެ. އަނެއް ދެ ސެޓް 25-14 އަދި 25-06 އިންނެވެ.

ރާއްޖޭގެ ދެ ވަނަ މެޗުގައި މިއަދު ކުޅޭނީ އުޒުބަކިސްތާނާ އެވެ. މާދަމާ ސްރީ ލަންކާއާ ދެކޮޅަށެވެ. އުޒުބަކިސްތާން ވަނީ އިއްޔެ ސްރީ ލަންކާ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. އެހެންކަމުން މިއީ ރާއްޖެއަށް 'އަތްލެވޭވަރު'ގެ މެޗުތަކަށް ނުވުން އެކަށީގެންވެ އެވެ.

ރާއްޖޭގެ ޓީމަށް ރޭ ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އައިޝަތު މާޖިދާއަށް އަނިޔާވެގެން ބާލަން ޖެހުމެވެ. ދެ ވަނަ ސެޓްގައި ކުރިމަތިވި މި ބަދަލުގެ އަސަރު މުޅި ޓީމަށް ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް