އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: އޭނާގެ ބެލުމުގެ ދަށުން އާސެނަލް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި

އާސެނަލް

މި ސީޒަންގައި އާސެނަލްއިން އެޅީ 'ވަރުގަދަ ފިޔަވަޅުތަކެއް': އާޓެޓާ

ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ނުލިބުނަސް ޓީމުން ހޯދި ކުރިއެރުންތަކާ މެދު އޭނާ ހުރީ ހިތްހަމަޖެހިފައި
20 މޭ 2023

އިނގިރޭސި ޕްރިމިއަ ލީގުގައި 26 ޑިސެމްބަރާ ހަމައަށް އާސެނަލް އޮތީ ހަތް ޕޮއިންޓްގެ ތަފާތުން ތާވަލްގެ ކުރީގަ އެވެ. ލީގުގެ އެންމެ ފަހު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗަށް މިރޭ ނުކުންނަ އިރު، އާސެނަލްގެ މަގާމަކީ، މެންޗެސްޓަ ސިޓީއަށް ވުރެ ހަތަރު ޕޮއިންޓް މަދުން، ދެ ވަނަ އެވެ.

އެންމެ ބޮޑު ބަދުނަސީބަކީ މިދިއަ މަހު، ލިވަޕޫލް އާއި ވެސްޓް ހެމް އަދި ސައުތެމްޓަންއާ އެއްވަރުވުމެވެ. އޭގެ ފަހުން ސިޓީ އަތުން 4-1 އިން ބަލިވި ބަލިވުމެވެ. އަދި އެންމެ ފަހުން މިދިއަ ހަފުތާގައި ބްރައިޓަން އަތުން 3-0 އިން ބަލިވުމާ އެކު، ޗެމްޕިއަންކަން ހޯދުން މިހާރު އޮތީ އަމިއްލަ ބާރުގެ ދަށުން ގެއްލިފަ އެވެ.

ނަމަވެސް ކޯޗު މިކޭލް އާޓެޓާ ދެކޭ ގޮތުގައި ބަލަން ޖެހޭނީ މި ސީޒަންގައި އާސެނަލް ދެއްކި ތަފާތަަށެވެ.

"ވަރަށް ރަނގަޅު ކޮލިޓީއެއް ފެނިއްޖެ، ޒުވާން އެތައް ހުނަރެއް، ރަނގަޅު ތަޖުރިބާ ހުރި އެތައް ބަޔަކު ވަށައިގެން އެބަ ތިބި، ހަމަ އެހެން ރަނގަޅު ލީޑަޝިޕެއް ވެސް މެ،" އާސެނަލްއަށް މިފަހަރު ދެއްކުނު ތަފާތުތައް ކިޔައިދެމުން އާޓެޓާ ބުންޏެވެ.

ވާދަވެރި ޓޮޓެންހަމްގެ އަތުން 2-0 އިން މޮޅުވި މެޗުގައި އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ: އޭރު އާސެނަލް އޮތީ އެއް ވަނާގައި

މި ހުރިހާ ކަމެއް އެއްކޮށްލާއިރު އޭނާ ބުނީ 'މި ސީޒަންގައި އާސެނަލްއަށް ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް ކުރިއަށް އެޅިއްޖެ" ކަމަށެވެ.

މިރޭ އާސެނަލް ނުކުންނާނީ ރެލިގޭޝަނާ ކައިރީގައި އޮތް ނޮޓެންހަމް ފޮރެސްޓާ ދެކޮޅަށް ރަށުން ބޭރުގެ ވާދަކުރުމަކަށެވެ. ލީގުގެ އެންމެ ފަހު މެޗުގައި 28 މޭގައި އަމިއްލަ ދަނޑުގައި ކުޅޭނީ ވުލްވްސްއާ ދެކޮޅަށެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    މެންޗެސްޓަ ސިޓީ، ކުޅުނު 35، ޕޮއިންޓް 85

  • 2-

    އާސެނަލް، ކުޅުނު 36، ޕޮއިންޓް 81

  • 3-

    ނިއުކާސަލް، ކުޅުނު 36، ޕޮއިންޓް 69

  • 4-

    މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 35، ޕޮއިންޓް 66

  • 5-

    ލިވަޕޫލް، ކުޅުނު 36، ޕޮއިންޓް 65

މިރޭގެ މެޗުން ބަލިވެއްޖެ ނަމަ، މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ސިޓީން މޮޅުވުމުގެ ކުރިން ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ކަށަވަރުވީ އެވެ. އެކަމަކު ފަހު ދެ މެޗުން އާސެނަލް މޮޅުވެ، ސިޓީގެ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އަދި އެއް މެޗު އެއްވަރުވިޔަސް، އާސެނަލްއަށް ޗެމްޕިއަންކަން ލިބޭނެ އެވެ. ނަމަވެސް މި ވަގުތު މުޅި ޔޫރަޕްގައި އޮތް އެންމެ މޮޅު ޓީމު ކަމަށް ބެލެވޭ ސިޓީއަށް އެފަދަ ނަތީޖާތަކެއް ކުރިމަތިވުން ވަރަށް ދުރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް