ނަޕޯލީ ކޮޅަށް ލަނޑު ޖެހި އޮލިވިއޭ ޖިރޫ، އެ ކާމިޔާބީއަށް ޝުކުރު އަދާކުރަނީ

މިލާންއަށް ބޮޑު ކާމިޔާބީއެއް، ޗެމްޕިއަންސް ލީގުގައި ނަޕޯލީ ބަލިކޮށް ދަތުރު އަމާންކޮށްފި

މިއީ 16 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އޭސީ މިލާން ފުރުސަތު ހޯދި ފުރަތަމަ ފަހަރު
19 އޭޕްރީލު 2023

ފްރާންސް ފޯވާޑް، އޮލިވިއޭ ޖިރޫ ފުރަތަމަ ހާފުގައި ނަޕޯލީގެ ގޯލަށް ވައްދާލި ލަނޑާ އެކު ދެ މެޗުގެ ނަތީޖާ 2-1 އަށް އަރުވައިގެން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އޭސީ މިލާން ރޭ ދަތުރުކޮށްފި އެވެ.

ކްއާޓާ ފައިނަލްގެ ދެ ވަނަ މެޗު ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅެ ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިލާންއަށް ސެމީ ފައިނަލުން ޖާގަ ލިބުނީ ފުރަތަމަ ލެގު 1-0 އިން ކާމިޔާބުކޮށްފައި އޮތުމުންނެވެ.

އިޓަލީ ލީގުގައި ބޮޑު ތަފާތަކުން ކުރީގައި އުޅޭ ނަޕޯލީގެ މައްޗަށް މި ހޯދި ކާމިޔާބީ މިލާނަށް ވަރަށް ހާއްސަ އެވެ. މިއީ 16 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އެ ޓީމު ދިޔަ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ މަރުހަލާގައި މިލާން ވާދަކުރީ 2007 ގަ އެވެ. 

ރޭގެ މެޗަށް ނުކުތް އިރު ނަޕޯލީއަށް ވެސް ފުރުސަތު އޮތީ ވަރަށް ބޮޑަށް ހުޅުވިފަ އެވެ. އެހެންކަމުން މިލާނަށް ވުރެ ވަރުގަދައަށް ކުޅެގަތެވެ. ނުވަ ހަމަލާ އުފައްދައި، ހަތަރު ހަމަލާ ގޯލަށް ވެސް އަމާޒުކުރި އެވެ. 

ޖިރޫގެ ލަނޑު އައީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ. މި ލަނޑަކީ އޭގެ ކުރިން ލިބުނު ޕެނެލްޓީ އޭނާ އަތުން ބޭކާރުވުމުގެ ބަދަލެކެވެ. 

ދެ ވަނަ ހާފުގައި ނަޕޯލީއަށް ވެސް ޕެނެލްޓީއެއް ލިބި ނާކާމިޔާބުވި އެވެ. ނަޕޯލީ އެއްވަރުކުރީ އިތުރު ވަގުތުގައި އޮސީމެން އެވެ. 

ސެމީ ފައިނަލްގައި އޭސީ މިލާން ނުކުންނަން ޖެހޭނީ ގައުމުގައި ވާދަވެރި އިންޓަ މިލާން އާއި ޕޯޗުގަލްގެ ބެންފީކާގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް