Majlis 2024

ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅިވަރު ކުޅުންތެރިޔާގެ އެވޯޑް ޓީޓީ ކުޅުންތެރިޔާ ފާތުމަތު ދީމާ އަލީއާ، ރައީސް ސޯލިހު ހަވާލުކޮށްދެއްވަނީ (ފޮޓޯ/ރައީސް އޮފީސް

އަހަރުގެ މޮޅު އެތުލީޓްގެ މަގާމު އަޒުނީން އާއި ދީމާއަށް

ބޮޑީބިލްޑަރު އަޒްނީންއަށް އަހަރުގެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ލިބުނީ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ރަން މެޑެލް ހޯދުމުން
18 މާރިޗު 2023

ބޮޑީބިލްޑަރު އަޒްނީން ރަޝާދު އާއި ޓީޓީ ކުޅުންތެރިޔާ ފާތުމަތު ދީމާ އަލީ، މިދިއަ އަހަރުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ރޭ ހޯދައިފި އެވެ.

ސަރުކާރުން ދޭ 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023' ގައި މި ދެ އެތުލީޓުންނަށް އެވޯޑާ އެކު 200،000ރ އަށް ވުރެ އަގުބޮޑު އިނާމު ލިބުނެވެ.

ދެ އެތުލީޓުންނަށް ވެސް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރާއްޖޭގެ އެންމެ މޮޅު އެތުލީޓުގެ މަގާމު، ބޮޑީބިލްޑަރު އަޒްނީން ރަޝާދުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުކޮށްދެއްވަނީ

އަޒުނީންއަށް ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ލިބުމުގެ މައިގަނޑު ސަބަބަކީ މިދިއަ އަހަރު ތައިލެންޑްގައި އޮތް ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި އޭނާ ބައިވެރިވި ބައިން ރަން މެޑެލް ހޯދުމެވެ. މިއީ އެ މުބާރާތުގައި ރާއްޖޭގެ ބޮޑީބިލްޑަރަކަށް މިހާތަނަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ.

އެންމެ މޮޅު ފިރިހެން އެތުލީޓުންގެ ދެ ވަނައަށް ދިޔައީ ބޮޑީބިލްޑަރު މުހައްމަދު މޫސާ އާއި ރާޅާއެޅުންތެރިޔާ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. 

މިދިއަ އަހަރުގެ އެންމެ މޮޅު އެ ތުލީޓުންގެ މަގާމު ހޯދި ކުޅުންތެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރުއާ އެކު ސްޓޭޖްގައި

އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ޒުވާން ދީމާ ހޯދީ، އޭނާއާ އެކު ޓީޓީގައި ވިދަމުން އަންނަ އައިޝަތު ރަފާ ނާޒިމް އާއި އަރަމުން އަންނަ ޓެނިހުގެ ތަރި އަރާ އާސާލް އާޒިމްއާ ވާދަކޮށްގެންނެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރާއްޖޭގެ ހުރިހާ ކުޅިވަރަކުން އެންމެ މޮޅު ކުޅުންތެރިޔާ/އެތުލީޓް ހޮވި އެވެ. އޭގެ އިތުރު ވެސް ކުޅިވަރުގެ އެކި ޚިދުމަތްތެރިންގެ އަގުވަޒަންކުރުން އޮތެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް