'ހިކިފަސް ޕްރޯ'އަކީ އާންމު މަގުތަކުގައި ދުއްވުމުގެ ބަދަލުގައި ވަލުތެރެއިންނާއި ކިސަޑުގަނޑު ފަދަ ތަންތަނުގައި ހުނަރު ދައްކާލުން (ފޮޓޯ/ ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް)

ރާއްޖޭގެ ފުރަތަމަ ވަލުތެރޭގެ ސައިކަލް ރޭސް މަކުނުދޫގައި ފަށައިފި

ރާއްޖޭގެ އެކި ހިސާބުތަކުން 17 ދުއްވުންތެރިންގެ ހުނަރު މިއަދު މަކުނުދޫގައި ދައްކާލާނެ
4 ނޮވެމްބަރު 2022

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ވަލުތެރޭގެ ސައިކަލް ރޭސް، 'ހިކިފަސް ޕްރޯ' ހދ. މަކުނުދޫގައި މިއަދު ފަށައިފި އެވެ. 

ވީ ކިހިނެއް؟- ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރުއޭއެމް)އިން 'ހިކިފަސް ޕްރޯ' ކުރިއަށް ގެންދަނީ އެ އެސޯސިއޭޝަނުން މޮޓޯ ސްޕޯޓްސް ކުރިއަރުވަން ކުރާ މަސައްކަތުގެ ބައެއްގެ ގޮތުންނެވެ.

'ހިކިފަސް ޕްރޯ'ގެ ދުއްވުންތެރިން ވަލުތެރޭގެ ހަނި މަގެއްގައި ރޭސް ޖަހަނީ (ފޮޓޯ/ ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް)
'ހިކިފަސް ޕްރޯ'ގައި މުޅި ރާއްޖެއިން 17 ދުއްވުންތެރިން ބައިވެރިވޭ (ފޮޓޯ/ ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް)

ތަފްސީލް- އާރުއޭއެމްގެ ރައީސް އަހުމަދު ޝާމިހު 'ދައުރު' އަށް ވިދާޅުވީ ރޭސް ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށެވެ.

މި ރޭހުގައި؛

  • ފަސް ޓީމަކުން، 17 ރައިޑަރުން ބައިވެރިވޭ

  • މާލެ އިން ހަތް ރައިޑަރުން

  • މަކުނުދޫން ފަސް ރައިޑަރުން

  • އެހެން ރަށްރަށުން ފަސް ބައިވެރިން

'ހިކިފަސް ޕްރޯ'ގެ ދުއްވުންތެރިން ސައިކަލް ދުވާ ސަރަހައްދު

"މޮޓޯ ސައިކަލް ސޭފްޓީ ގާޑް ކިޓާއި، ބޫޓާއި ހެލްމެޓު އަދި އަންގި އަކީ ރައްކާތެރިކަމުގެ އެންމެ ކުޑަ މިންގަނޑު. އޭގެ އިތުރުން ރެޑް ކްރެސެންޓުގެ ޓީމަކާއި އިމާޖެންސީއެއްގައި ބޭނުންކުރާ ސީ އެމްބިއުލާންސެއް ވެސް ސްޓޭންޑްބައިގައި އޮންނާނެ،" ޝާމިހު ވިދާޅުވި އެވެ.

މިއީ އެއް ދުވަހުގެ މުބާރާތެކެވެ. ރާއްޖޭގެ އެންމެ ހުޅަނގަށް މުޅިން ވަކިން އޮންނަ މަކުނުދޫގައި ސައިކަލް ދުއްވުންތެރިން އެ ރަށުގެ ވަލުތެރޭގައި އޮތް ހަނި މަގެއްގައި، އެ މީހުންގެ ހުނަރު ދައްކާލާނެ އެވެ.

ރޭހުގެ ވަނަތަކަށް އިނާމު ދިނުން ވެސް މިއަދު އެ ރަށުގައި އޮންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް