ސީދާ ޕޮޑްކާސްޓުގެ ކަވަރު

ސީދާ ޕޮޑްކާސްޓް

ހުމެއިދާ އަބްދުލްޣަފޫރު: ތިމާވެށީގެ ހިމާޔަތުގައި

ތަރައްގީގެ ނަމުގައި ރާއްޖޭގެ ގުދުރަތީ ވެއްޓަށް ލިބޭ ގެއްލުންތަކާ ދެކޮޅު ހެދުމަކީ ވެސް ރައްޔިތުންނަށް ކޮށްދޭ ކަމެއް
27 ނޮވެމްބަރު 2022

އެ އަޑުތައް އުފުލަނީ ރައްޔިތުންނަށްޓަކަ އެވެ. މި ގައުމުގެ މިހާރާއި ކުރިމަގުގެ ހިމާޔަތުގަ އެވެ. އެ ވާހަކަ ދައްކައިގެން ތިމާއަށް ލިބޭ މާލީ ފައިދާއެއް ނެތެވެ. ގިނަ ފަހަރަށް ތިމާ ވަނީ ސިޔާސީ މީހުންގެ ދުޝްމަނަކަށެވެ. އާންމުންގެ މެދުގައި މަގުބޫލުކަމެއް ނެތް، 'ހުސް އަނގަތަޅާ' މީހަކަށެވެ.

ނަމަވެސް ހުމެއިދާ އަބްދުލްޣަފޫރު (ހުމޭ) އެ އިއްވާ އަޑުތަކުގައި ހުރީ، ވިސްނައިފި މީހަކަށް އިބުރަތުގެ ފިލާވަޅުތަކެކެވެ. މިހާރު ރާއްޖެއަށް ނުވަތަ އެއަށް ވުރެ ދުރަށް ބަލާ ނަމަ، މުޅި ދުނިޔެއަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ ފެށުމާއި އެ މައްސަލަތަކުން ނުނެއްޓިގެން މި އުޅެން ޖެހޭ އުޅުމުގެ ސަބަބުތަކެވެ. ގިނަ ފަހަރަށް ކޮންމެ ކަމެއް ވެސް ހަލާކުވެގެން ދަނީ ސިޔާސީ މީހުންގެ އަމިއްލަ މަސްލަހަތު އިސްކުރުމުން ކަމަށް، ދުނިޔެ ދައްކާ ހަގީގަތެވެ.

ހުމެއިދާގެ އެ އަޑުތައް ނާހަން ކަންފަތުގައި އަތް އެޅިދާނެ އެވެ. އޭނާ އެ ދައްކާ ވާހަކަތަކުގެ ހަގީގަތް، ބަލައިލި ކޮންމެ ދިމާއަކުން ފެންނާތީ ނުބަލަން، ލޯ ވެސް މަރާލެވިދާނެ އެވެ. އެކަމަކު އޭނާގެ ވާހަކަތަކަށް ހުއްޓުމެއް ނެތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް