ޕޮޑްކާސްޓް: ދެ އިރު އިރަކު

ދެއިރު އިރަކު ޕޮޑްކާސްޓް: ނަފްސަށް އޯގާތެރިވުން

މިއީ ސިއްހީ ހޭލުންތެރިކަން އިތުރުކުރަން 'ދައުރު'ން އަލަށް ހަދާ ޕޮޑްކާސްޓްއެއް މީގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަދައްކާނީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅުން ހުރި މައުލޫއެއް ކަމަށްވާ އެންޒައިޓީއަށް

'ދެއިރު އިރަކު' ޕޮޑްކާސްޓަކީ ބީނާކުރަނިވި މަޝްވަރާއެއްގެ ތެރެއިން އާންމުންގެ މެދުގައި ސިއްހީ ހޭލުންތެރިކަން ބޮޑުކުރުމުގެ ގޮތުން ހަދާ ސިލްސިލާ  ޕޮޑްކާސްޓެކެވެ. މި ޕޮޑްކާސްޓަގެ ހޯސްޓަކީ ޑރ. ފާތިމަތު ޝަރާ ޝަރީފް އެވެ.

ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް ހާއްސަކޮށްފައި ވަނީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅުން ހުރި މައުލޫއެއް ކަމަށްވާ އެންޒައިޓީ އަށެވެ. ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގެ މެހުމާނުންނަކީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)ގެ ތަޖުރިބާކާރު ދެ ކައުންސިލަރުން ކަމަށްވާ ތޯމާ އަބްދުލް ސަމަދް އާއި އައިޝަތް ތޫބާ އަބްދުﷲ މުއީން އެވެ.

ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި އަލިއަޅުވާލި މައިގަނޑު ނުކުތާތަކުގެ ތެރޭގައި:

  • ހާސްވެ ކަންބޮޑުވުމާއި އެންޒައިޓީއާ ތަފާތުވާ ސަބަބު

  • އެންޒައިޓީ ހުންނަ ރައްޓެއްސެއް ނުވަތަ އައިލާ މެމްބަރަކަށް އެހީވުމުގެ ގޮތުން ތިމާއަށް ކުރެވިދާނެ ކަންތައް

  • އެންޒައިޓީއަށް މިވަގުތު ރާއްޖޭގައި ލިބެން ހުރި ފަރުވާ 

  • މިފަދަ ކަމެއްގައި އެހީ ހޯދަން ޝީއާ ކޮންޓެކްޓް ކުރާނެ ގޮތް 

އިތުރު އާޓިކަލް

އިތުރު އާޓިކަލް