ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުންނާއި ޕާޓީތަކުން ކުރަމުންދާ ކެމްޕޭންގައި، މާލޭގައި ހަރުކޮށްފައިވާ ބައެއް ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރާއި ބިލްބޯޑްތައް.
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ޕޯސްޓަރުތަކުން ފެންނަ ތަފާތު ކުލަތައް
ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކެމްޕޭންކުރުމުގެ އެކި ހަރަކާތްތައް ފޯރިއާއެކު ކުރިއަށްދާއިރު، ތަފާތު ސިޔާސީ ޝިއާރުތަކާއެކު ކުރަހާ ޑިޒައިންކޮށްފައިވާ ޕޯސްޓަރާއި ބިލްބޯޑްތަކުން މަގުތަކުން ފާހަގަކުރެވެ އެވެ.
މީގެ ދެ ހަފުތާ ފަހުން 21 އެޕްރިލްގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް
މަޖިލިސް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކުރީ މިއަދު ހަވީރު އެވެ.
އެ ލިސްޓުގައިވާ ގޮތުން ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 284،663 އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
145،302 ފިރިހެނުން
-
139،361 އަންހެނުން
އެންމެ ފުރަތަމަ މަޖިލިސް އިންތިހާބު ބާއްވަން ނިންމީ މި މަހު 17ގަ އެވެ. އެހެން ނަމަވެސް އިންތިހާބު ބާއްވާ ތާރީހު ވަނީ 21 އޭޕްރީލަށް ފަސްކޮށްފަ އެވެ.
މަޖިލިސް އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި ދާއިރާތަކުގެ އަދަދަށް ގެނައި ބަދަލާ އެކު 20 ވަނަ މަޖިލީހުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުވާނެ އެވެ. އިންތިހާބުގައި އެ ދާއިރާތަކަށް ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުޠު ހަމަވާކެންޑިޑޭޓުންގެ ނަންތައް އިޢުލާންކުރާ ދުވަހުން ފެށިގެން ވޯޓުނަގާ ދުވަހާ ދެމެދު ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމަށް މަދުވެގެން 30 ދުވަހުގެ މުއްދަތެއް ދޭންޖެހެ އެވެ. އަދި
ތާއީދު ހޯދުމަށް މަސައްކަތްކުރުން މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވެއެވެ. މީގެ ތެރޭގައި ތާއީދު ހޯދުމަށް މީހުންނަށް ސިޓީ ފޮނުވުމާއި، ފޮޓޯއާއި ސްޓިކާ އަދި ލިޔުންފަދަ ތަކެތި ބެހުމާއި އެ ތަކެތި އާންމުކޮށް ފެންނާނެހެން ބެހެއްޓުން ހިމެނެއެވެ. އާންމު ތަންތާނގައި ހަރުކުރާ ބިލްބޯޑާއި ޕޯސްޓަރު ފަދަތަކެތި ވެސް ހިމެނެނީ މި ފަދަ ތާއީދު ހޯދުމަށް ބޭނުންކުރެވޭ ވަސީލަތްތަކުގެ ތެރޭގަ އެވެ.
އިންތިޚާބަށް ތާއީދު ހޯދުމުގެގޮތުން ހުއްދަ ހޯދައިގެން ބަހައްޓާ އިސްތިހާރާއި، ބިލްބޯޑާއި، ބެނަރ ފަދަ ތަކެތި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާތާ 10 ދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމަކީވެސް ކެންޑިޑޭޓުންގެ
ނުވަތަ އެފަދަ ތަކެތި ބެހެއްޓި ފަރާތެއްގެ ޒިންމާއެކެވެ.