ރޯދަމަހު ހަވީރު އާންމުން އެކުވެނި ޓްރެކް ބޭނުންކުރަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

ރޯދަ 2024

ރޯދަމަހުގެ ހަވީރު މާލޭގެ ކުޅިވަރު މާހައުލުން

26 މާރިޗު 2024
ވާދަވެރި ފުޓްބޯޅަ މުބާރާތުން ފެށިގެން ހަވީރު ގަޑީގައި މާލޭގެ ޓްރެކްގައި ދުވެ ކަސްރަތުކުރުމަކީ މިހާރު ރޯދަމަހުގެ އާދައެއް

ދައުރު ފޮޓޯ: މުހައްމަދު މުޒައްޔިން ނާޒިމް

ރޯދައާ އެކު ވަރުބަލިވެގެން ގޭގައި ތިބެނީކީ ނޫނެވެ. ރޯދައަކީ ހަމަ އާދައިގެ ދުވަހެއް ގޮތަށް ނަގައި، ހިތްވަރާ އެކު ކުޅިވަރު ކުޅެލުމުގެ އުފާ ވެސް އެތައް ބަޔަކު އެބަ ހޯދަ އެވެ. އެކަން މާލޭގެ އެކި ހިސާބުތަކުން ފެނެ އެވެ.

ހެންވޭރު ދަނޑުގައި މިހާރު އޮންނަ ވެޓްރަންސް ކަޕްގެ މެޗެއް ފެށުމުގެ ކުރިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ގޯލްކީޕަރު އިމްރާން މުހައްމަދު، ވެޓްރަންސް ކަޕްގައި ގޯލު ބަލަހައްޓަން އަރާ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކުރީގެ ފުޓްބޯޅަ ކުޅުންތެރިންގެ މެދުގައި ބާއްވާ ވެޓްރަންސް ކަޕަކީ ރޯދަމަހު ހަވީރު އޮންނަ އެންމެ ބޮޑު އެއް ވާދަކުރުމެވެ. މިފަހަރުގެ މުބާރާތް ކުރިއަށް ދަނީ ހެންވޭރު ދަނޑުގަ އެވެ. މިއީ 1970 އާއި 1980 އަދި 1990ގެ ކުރީކޮޅު، އެންއެސްއޭއިން ރޯދަމަހު ބޭއްވި ފޯރިގަދަ ވޮލީ މުބާރާތް އޮތް ދަނޑެވެ. މި ދަނޑުގައި ވިނަ އިންދާ ހަމައެކަނި ފުޓްބޯޅައަށް ހާއްސަކުރީ 1990ގެ އަހަރުތަކުގެ ފަހުކޮޅު އެވެ.

ކުޅުމުގެ ތެރެއިން ކުޅުންތެރިޔަކު އަނގަ ދޮވެލަނީ: ވެޓްރަންސް ކަޕްގެ ފޯރި ގަދަ
ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ (ވ) ފައިބަމުން ކެޕްޓަން ބޭންޑް ބަދަލުކުރަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
މެޗުތައް ބަލަން މީހުން އެއްވެފައި: ރޯދަ ކުރުކުރަން މިއީ ރަނގަޅު މުބާރާތެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކުރީގައި ނަމަ ރޯދަމަހު ހަވީރު ކަސްރަތަށް ދުވަން ނޫނީ ހިނގަން ނުކުތުމަކީ އާންމުން ގަބޫލުކުރާ ކަމެއް ނޫނެވެ. އެކަން 2010 ހިސާބުގައި ވެސް އޮތީ އެހެންނެވެ. އޭރު ރޯދަމަހު ހަވީރު ދުވަން ނުކުންނަ މީހުންނާ ދިމާއަށް 'ތި ތިބީ ރޯދައަކަށް ނޫނޭ' ފަދަ ވާހަކަތައް އަމާޒުކުރެ އެވެ. ނަމަވެސް މިހާރު ރޯދައަށް ހުރެ ދުވާށާއި ހިނގަން ނުކުންނަ މީހުންގެ އަދަދު ގިނަ އެވެ.

މާލޭގެ އެކުވެނި ޓްރެކްގައި ރޯދަ މަހު ހަވީރު އާންމުން ކަސްރަތުގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

ރޯދައަށް ހުންނަ އިރު ހަވީރު ވަގުތު ކަސްރަތުކުރުމުން ގިނަ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެ އެވެ. އެކަމަކު ދިގު ދިވުން ފަދަ ދުވުންތައް ދުވާ ނަމަ ކުރީ ރޭ އެކަށީގެންވާ ވަރަށް ދިޔާ އެއްޗެހި ބުއިން މުހިންމެވެ.

އާއިލާއާ އެކު ޓްރެކަށް ގޮސް ކުޑަކުއްޖަކު ހިނގަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

ރޯދައަށް ހުރުމަކީ ޖިސްމާނީ ހަރަކާތްތައް ހުއްޓާލަން ޖެހޭ ސަބަބެއް ނޫނެވެ. ރޯދަމަހު ހަވީރު ގަޑީގައި ކަސްރަތަށް ނުކުންނަ މީހުންނަށް، އެކަމުން ލިބިދޭ ހިތްހަމަޖެހުމާއި ހަށިގަނޑަށް އަންނަ ލުއިކަން އިހުސާސްކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް