ނައިފަރުގައި ސަރުކާރުން އެޅި 100 ހައުސިން ޔުނިޓު ހަވާލު ކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

މަސްވެރިން

ފެނަކައިން އިންޖީނުގެ ހިންގާ ކޮންމެ ރަށަކުން އައިސް ގަނެވޭނެ ގޮތް ހަދަނީ

ފެލިވަރުގައި މިފްކޯ އިން ހިންގާ މަސް ފެކްޓްރީ މެދުވެރިކޮށް މަސްވެރިންނަށް އިތުރަށް އައިސް ލިބޭނެ ގޮތް ހަމަޖައްސަވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވި
19 ފެބްރުއަރީ 2022

ފެނަކަ އިން އިންޖީނުގެ ހިންގާ ކޮންމެ ރަށެއްގައި އައިސް ވިއްކޭނެ އިންތިޒާމު ހަމަޖައްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އައިސް ނުލިބުމުގެ މައްސަލައަކީ ވަރަށް ކުރީއްސުރެ މަސްވެރިންގެ ކަންބޮޑުމެކެވެ. މި ސަރުކާރުން ޅ. ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް އެ ރަށު ކައުންސިލާ ހަވާލުކުރަން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ މަސްވެރިންނަށް އައިސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ބުނީ ކީކޭ؟ - ނައިފަރުގެ މަސްވެރިންނަށް އައިސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެ އަތޮޅު ފެލިވަރުގައި މިފްކޯ އިން ހިންގާ މަސް ފެކްޓްރީ މެދުވެރިކޮށް މަސްވެރިންނަށް އިތުރަށް އައިސް ލިބޭނެ ގޮތް ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ. އޭގެ އިތުރުން، ފެނަކަ އިން އިންޖީނުގެ ހިންގާ ކޮންމެ ރަށަކުން އައިސް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފެނަކަ އިން ފެނަކައިގެ އިންޖީނުގެތައް ހިންގާ ހުރިހާ ރަށެއްގައި އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު ފެނަކަ އިން އެ ގެންދަނީ އެ މަޝްރޫއު ރާވައި ކުރިއަށް ގެންދިއުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވަމުން،" ރައީސް ވިދާޅުވި އެވެ.

ނައިފަރުގައި ރައީސް މިއަދު ދެއްކެވި ވާހަކަފުޅު.

އައިސް ވިއްކޭނެ ގޮތެއް ހޯދަން ބޭނުން ވެއްޖެ ނަމަ، ފެނަކައާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިއުމުން ކައުންސިލްތަކަށް އެކަމަށް ބޭނުންވާ ހައްލު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، މިފްކޯގެ އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ. އެގޮތުން، ރައީސް ވިދާޅުވީ:

  • ފެލިވަރަށް މަސްގަނެ، ރައްކާކޮށް އަދި ދަޅުގައި ބަންދުކުރެވޭ މިންވަރު އިތުރުކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް 

  • އެކަމުން ނައިފަރުގެ މަސްވެރިކަމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް 

އިތުރު އާޓިކަލް

އިތުރު އާޓިކަލް