ޓްރީ ޓޮޕުން ލ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕު (ފޮޓޯ/ޓްރީ ޓޮޕް)
ޓްރީ ޓޮޕުން ލ. އަތޮޅުގައި ކާމިޔާބު ހެލްތު ކޭމްޕެއް
ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރު ކުރިއަށް ގެންދިޔަ3 ވަނަ ހެލްތު ކޭމްޕު ލ. އަތޮޅުގައި ކުރިއަށް ގެންގޮސްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މި ހެލްތު ކޭމްޕަކީ ގަން ރީޖަނަލް ހޮސްޕިޓަލާއި ލ. އަތޮޅު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެއް ކަމަށެވެ.
މި ކޭމްޕުގައި ލ. ގަމާއި އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ މައްސަލަތަކަށް ކަމާ ބެހޭ ހާއްސަ ޑޮކްޓަރުން ފަރުވާ ފޯރުކޮށް ދިން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން މަސައްކަތް ކުރަނީ:
-
ހިދުމަތް ލިބުމުގައި ދަތިތަކާއި ކުރިމަތިލާންޖެހޭ ފަރާތްތަކަށް ފެންވަރު ރަނގަޅު ސިއްހީ މަޝްވަރާތަކާއި ފަރުވާ ފޯރުކޮށްދިނުމަށް
-
ހާއްސަކޮށް ޒުވާނުންނަށް، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިތަކާއި، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި، ބަލިތައް އަވަހަށް ދެނެގަތުމާ ބެހޭ ގޮތުން މުޖުތަމަައުގެ ހޭލުންތެރިކަން އިތުރުކުރުމަށް
-
ބަލިމީހުންނަށް ފަރުވާ ދިނުން ކަށަވަރުކުރުމަށް ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރުމުގެ ޒަރިއްޔާ އިން ސިއްހީ ހިދުމަތުގެ ވަސީލަތްތައް ހަރުދަނާކުރުމަށް
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދަ ޖީ ވިދާޅުވީ، ހޮސްޕިޓަލުގެ އަޒާމަކީ ކޮންމެ ދިވެއްސަކަށް ވެސް ފަސޭހައިން ލިބެންހުރި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
-
ލ. ގަމުގައި ބޭއްވި ހެލްތު ކޭމްޕަގައި 300 އަށްވުރެ ގިނަމީހުން ބައިވެރިވެ ހިދުމަތް ހޯދި
-
މިއަހަރު ކުރިން ބޭއްވި 2 ހެލްތު ކޭމްޕާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ގާތްގަނޑަކަށް 1،000 މީހުންނަށް ހެލްތު ކޭމްޕުތަކުގައި ހިދުމަތް ދީފައި
ކޮމެންޓް