އެޓާނީ ޖެނެރަލް އޮފީހުގައި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ބޭއްވި މީޑިއާ ބައްދަލުވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަކިކޮށް، ވަކި ހިދުމަތަކަށް ހަދަން ބިިިލު ހުށަހަޅައިފި
ބަންޑާރަ ނައިބު ނުވަތަ އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް ސިވިލް ސާވިސްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގެ ބަދަލުގައި ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - އޭޖީ އޮފީސް ސިވިލް ސާވިސްގެ ދަށުން ހިންގާތީ އެ އޮފީހަށް ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހޯދުމަށް ދަތިވުމާއި މުސާރައިގެ ކުރިއެރުން ހޯދަން ދަތިވާ ވާހަކައަކީ އަބަދުވެސް އޮތް ޝަކުވާއެކެވެ.
އެ ކަން ބަދަލުކުރުމަކީ ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނި ކަމެކެވެ. އެ އެޖެންޑާގައި ހިމެނޭ "ބަންޑާރަ ނައިބު އޮފީހުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.
ތަފްސީލް - ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ބިލުގައި ވަނީ ސިވިލް ސާވިސް އިން ބޭރުން، އެ އޮފީހުގެ މުވައްޒަފުންގެ ކަންކަން އާ ދެ ސާވިސްއަކުން ގެންދާ ގޮތަށް ހަމަޖެއްސުމަށެވެ. އެގޮތުން:
-
އޭޖީ އޮފީހުގެ މުވައްޒަފުން ބެހިގެންވާ ދެ ބަޔަކީ؛ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް
-
ލީގަލް ސާވިސްގައި ހިމެނެނީ އޭޖީ އޮފީހުން އަދާކުރަން ޖެހޭ ގާނޫނު މަސްއޫލިއްޔަތުތަކަށް އެ އޮފީހަށް އައްޔަންކުރާ އެ ދާއިރާގެ ފަންނީ މުވައްޒަފުން
-
އެޑްމިނިސްޓްރޭޝަން ސާވިސްގައި ހިމެނެނީ، އެ އޮފީހުގެ ލީގަލް ޑިވިޝަންތަކުގެ އިދާރީ ހިންގުމަށާއި އޮފީހުގެ އާންމު އިދާރީ ހިންގުމަށް އައްޔަންކުރާ މުވައްޒަފުން
-
ލީގަލް ސާވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުގެ ބާރު އޮންނަނީ ބަންޑާރަ ނައިބަށް
-
އެޑްމިނިސްޓްރޭޝަން ސާވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުން އޮންނަނީ އެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލްގެ ލަފައާއެކު ބަންޑާރަ ނައިބު ކުރާ ގޮތަށް
ކޮމެންޓް (1)
ހަސަންދީީ