އޭސީސީގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އަބްދުﷲ އާޒިމް - އޭނާގެ މައްޗަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި
އެމްއެމްޕީއާރުސީ މައްސަލާގައި އޭސީސީގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އާޒިމަށް ކުރާ ދައުވާތައް ބޭރުކޮށްލައިފި؛ މައްސަލަ ހައި ކޯޓަށް
އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަން މައްސަލާގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އަބްދުﷲ އާޒިމަށް ދައުލަތުން ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އާޒިމަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މި މަހު 20ގަ އެވެ.
ތަފްސީލް - ކްރިމިނަލް ކޯޓުން އެ ގޮތަށް ނިންމި ސަބަބަކަށް ފާހަގަކޮށްފައި ވަނީ:
-
މުއައްސަސާތަކެއް ގުޅިގެން މައްސަލަ ތަހުގީގުކުރަން 'ޖޮއިންޓް އިންވެސްޓިގޭޝަން'އެއް ހިންގީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައި
-
މި މައްސަލަ ތަހުގީގުކޮށްފައިވަނީ އޭސީސީ އާއި ފުލުހުންގެ އިތުރަށް މިދިޔަ ސަރުކާރުން އެކުލަވާލި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަން ގުޅިގެން
ބުނީ ކީކޭ؟ - ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނީ ދައުވާތައް ބޭރުކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.
"އެ މައްސަލަ ވަރަށް އަވަހަށް [ހައި ކޯޓުގައި] އިސްތިއުނާފު ކުރާނަން،" ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ވަކީލު އަހުމަދު ޝަފީއު ވިދާޅުވި އެވެ.
އެނގުން މުހިންމު - އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމުގެ ދެ ދައުވާއާއި މަނީ ލޯންޑަރިންގެ ދެ ދައުވާ އެވެ. އެގޮތުން:
-
މި ދައުވާތައް އޭނާގެ މައްޗަށް ކުރަނީ ދެ ފަހަރު މަތިން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށް ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުގައި
-
ދައުލަތުން ކުރާ ދައުވާތަކުގައިވާ ގޮތުން އާޒިމްގެ އެކައުންޓަށް 2 ޖޫން 2015ގައި 50،000 ޑޮލަރު ޖަމާވެފައިވޭ
-
އޭގެ ފަހުން 15 ޖޫން 2015ގައި ވެސް އާޒިމްގެ އެކައުންޓަށް 50،000 ޑޮލަރު ޖަމާވެފައިވޭ
-
ދައުލަތުން ތުހުމަތުކުރާ ގޮތުގައި އެއީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ތެރޭގައި ހިމެނޭ ފައިސާއެއް؛ އާޒިމްގެ އެކައުންޓަށް ޖަމާކުރީ ތަހުގީގު ވަކި ގޮތަކަށް އަނބުރާލަން ރިޝްވަތުގެ ގޮތުގައި
ކޮމެންޓް (1)
ސަވީރު