ގަވާއިދާ ހިލާފަށް މަސް ބޯޓެއްގައި ރާއްޖެ އެތެރެވެގެން އުޅެނިކޮށް މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ލަންކާގެ ފަސް މީހުން. (ފޮޓޯ/ޕޮލިސް)
ލަންކާ މަސް ބޯޓުގައި ތިބި މީހުންގެ ބަންދަށް 30 ދުވަސް ޖަހައިފި
ގަވާއިދާ ހިލާފަށް ރާއްޖެ އައިސް އުޅެނިކޮށް މަސްތުވާތަކެއްޗާ އެކު ހދ. މަކުނުދޫ ބޭރުން ފެނުނު ސްރީ ލަންކާ މަސްބޯޓުގައި ތިބި ފަސް މީހުންގެ ބަންދަށް 30 ދުވަސް މިއަދު ޖަހައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12:45 ހާއިރު ހިފަހައްޓައި ހައްޔަރުކުރި އެ އެންމެންނަކީ ވެސް ލަންކާ ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.
އެނގުން މުހިންމު - ފުލުހުން ބުނި ގޮތުގައި އެ ބޯޓުން 468.6 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
-
344 ކިލޯގެ މެތު
-
124.6 ކިލޯގެ ކޮކެއިން
-
އެ ތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ރުފިޔާއަށް އަރާ
ކޮމެންޓް