އައިލެންޑް އޭވިއޭޝަންގެ މަތިންދާ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި (ދައުރު ފޮޓޯ/އަލީ ރަފީގް)
އައިލެންޑް އޭވިއޭޝަނުން އެމްއޭސީއެލްއަށް 1.1 ބިލިއަން ރުފިޔާ ނުދައްކާ
އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް ދައްކަން ޖެހޭ 1.12 ބިލިއަން ރުފިޔާ އެބައޮތް ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްއޭސީއެލްގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރާވާފައިވާ ކަންތައްތަކާއި ކުންފުނިން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސްގެ ސަބްކޮމެޓީއަށް މިއަދު އެ ކުންފުނީގެ އިސްވެރިން ވަނީ ހާޒިރުކޮށްފަ އެވެ.
ތަފްސީލް - އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ސަރުކާރު ކުންފުނިތަކަށް ކްރެޑިޓް ދޭން ޖެހޭ ކަމަށާއި އެއީ ދަތި ކަމެއް ކަމަށެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް އެ ކުންފުންޏަށް ދައްކަން ޖެހެނީ އައިއޭއެސް އިން ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން، އެ ކުންފުނިން 1.12 ބިލިއަން ނުދައްކާ އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ގާތްގަނޑަކަށް އަހަރަކު 78 މިލިއަން ރުފިޔާގެ ސަބްސިޑައިޒްކޮށް ނުވަތަ އެ ބޭފުޅުންނަށް ޑިސްކައުންޓް އަހަރަކު 78 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދޭއިރު ވެސް 1.12 ބިލިއަން ރުފިޔާ އެބައޮތް އެ ބޭފުޅުން އަޅުގަނޑުމެންނަށް ދޭން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.
"އޭގެ ސަބަބުން އަޅުގަނޑުމެން ބޭންކްތަކަށް ގޮސް ވޯކިން ކެޕިޓަލް ނަގަން ޖެހޭ ސަބަބަކީ ވެސް މިއީ. މި އެއްޗެހި ލިބޭ ނަމަ އަޅުގަނޑުމެންގެ ފައިނޭންޝަލް ހަރަދު ވެސް ފުދޭ ވަރަކަށް ކުޑަވެގެންދާނެ."
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައިވަނީ އެ ކުންފުނިން 2023 ވަނަ އަހަރު އައިއޭއެސްއަށް ދިން ޑިސްކައުންޓްގެ ތަފްސީލް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން:
-
ތެލުން 38.77 މިލިއަން ރުފިޔާގެ ޑިސްކައުންޓް
-
ޑޮމެސްޓިކް ގްރައުންޑް ހޭންޑްލިން އިން 12.73 މިލިއަން ރުފިޔާގެ ޑިސްކައުންޓް
-
ގްރައުންޑް ޕަވާ ޔުނިޓުން 11.39 މިލިއަން ރުފިޔާގެ ޑިސްކައުންޓް
-
ޕާކިން އިން 9.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް
"އެ ބޭފުޅުންނަށް ޕާކިންނަކީ އަޅުގަނޑުމެން ފްރީކޮށްފައި އޮންނަ އެއްޗެއް. އެ ވަރުގެ އެހެން އެއާލައިނެއް ވަޑައިގެންފިއްޔާ 9.7 މިލިއަން ރުފިޔާ އަޅުގަނޑުމެން ނަގާނަން،" ޝަރީފް ވިދާޅުވި އެވެ.
"ރެންޓް ޑިސްކައުންޓް. މިސާލަކަށް މަންޓާ [އެއާ}އަށް 10 ޑޮލަރަށް ދޭ ރެންޓް އަޅުގަނޑު އެ ބޭފުޅުންނަށް މިދެނީ ޑިސްކައުންޓެޑް ރޭޓް. އެހެންވެއްޖެއްޔާ 5.8 މިލިއަން ރުފިޔާ ޑިސްކައުންޓް ދިނިން 2023 ވަނަ އަހަރު. 2023 ވަނަ އަހަރުގެ ޓޯޓަލް ޑިސްކައުންޓް 78.39 މިލިއަން ރުފިޔާ."
ޝަރީފް ވިދާޅުވީ:
-
ޑިސްކައުންޓް ދިން 78.39 މިލިއަން ރުފިޔާއަކީ އެތެރޭގެ ދަތުރުތަކުގެ ޓިކެޓްތަކަށް ޑިސްކައުންޓުގެ ގޮތުގައި ހިމެނޭނެ ފައިސާ
-
މިއަހަރު އެ ކުންފުންޏަށް ދޭ ޑިސްކައުންޓް 80 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ
ކޮމެންޓް (1)
ހިތަދޫ ހުސެން