މޫސުން ގޯސް ދުވަހެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މޫސުން

ރާއްޖޭގެ އިރުން 2 ކޮޅިގަނޑު އުފެދި ބުދަ ދުވަހުން ފެށިގެން 5 ދުވަހަށް މޫސުން ގޯސް

ދެ ކޮޅިގަނޑުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ވައި ގަދަވާނެ ކަމަށާއި އޭގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށް ބަޔާނުގައި ބުނެފައިވޭ
25 ނޮވެމްބަރު 2024

ރާއްޖޭގެ އިރުން ދެ ކޮޅިގަނޑު އުފެދި، ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އިރުން ދެ ކޮޅިގަނޑު އުފެދިފައިވާތީ މޫސުން ކުރިއަށް ލަފާކުރާ ގޮތް ބަޔާންކޮށް މެޓް އޮފީހުން ދެންމެ ބަޔާނެއް ނެރެފައިވެ އެވެ.

ތަފްސީލް - ބަޔާނުގައި ފާހަގަކޮށްފައިވާ ދެ ކޮޅިގަނޑަކީ:

  • އިރުން ބޭ އޮފް ބެންގާލްގައި އުފެދި، ހުޅަނގު އުތުރަށް އިންޑިއާގެ ޓެމިލްނާޑޫ އާއި ސްރީ ލަންކާގެ އައްސޭރިފަށާ ދިމާއަށް ދަތުރުކުރަމުންދާ ކޮޅިގަނޑެއް

  • ރާއްޖެއާ ދުރުން، އިރުދެކުނުން ވެސް ބާރުގަދަ ކޮޅިގަނޑެއް

މި ދެ ކޮޅިގަނޑުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ވައި ގަދަވާނެ ކަމަށާއި އޭގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން:

  • ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

  • ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް