ހައުސިން މިނިސްޓްރީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ހައުސިން މިނިސްޓްރީން އައިކޮމްގެ ބައްދަލުވުމަކަށް ހާޒިރު ނުވެގެން 350ރ.އިން ޖޫރިމަނާކޮށްފި
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ހާޒިރު ނުވެގެން ހައުސިން މިނިސްޓްރީ 350ރ. އިން ޖޫރިމަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - އައިކޮމް އިން މިއަދު ސޯޝަލް މީޑިއާގައި ބުނީ އެ ތަނުން ބަލަމުން އައި މައްސަލައަކާ ގުޅިގެން އާންމުކޮށް ބާއްވަން ތާވަލުކޮށްފައިވާ މައްސަލައަކަށް އެ މިނިސްޓްރީން ހާޒިރުވެފައި ނުވާ ކަމަށެވެ.
ތަފްސީލް - އައިކޮމް އިން ބުނީ އެއީ މައުލޫމާތު ފޯރުކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް ޖަވާބު ދީފައި ނުވާ ކަމަށް ބުނެ އެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އައިކޮމް އިން ބުނީ:
-
އެ މައްސަލަ ބަލަން ބައްދަލުވުން ތާވަލް ކުރީ މި މަހު 7އަށް
-
އެ ބައްދަލުވުމަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތް ނަމަ ބައްދަލުވުން ފެށުމުގެ 1 ގަޑިއިރު ކުރިން އަންގަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވޭ
-
ނަމަވެސް މިނިސްޓްރީން އެފަދަ އެންގުމެއް ނާންގައި ބައްދަލުވުމަށް ހާޒިރުނުވުމުން 350ރ. އިން ޖޫރިމަނާކޮށްފައިވާނެ
އެއީ ކޮން ފަރާތަކުން ހުށަހެޅި މައްސަލައެއް ކަމެއް އައިކޮމް އިން ހާމައެއް ނުކުރެ އެވެ. އަދި ހައުސިން މިނިސްޓްރީން ދޭން އެދިފައިވަނީ ކޮން މައުލޫމާތެއް ކަމެއް ވެސް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް