އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތް މަޖިލިސް މެންބަރުން ބަލާލަނީ. (ފޮޓޯ/ މަޖިލިސް)
މަޝްރޫއުތަކުގެ ތަފްސީލު މަޖިލީހަށް ފޮނުވަން ޝަރުތުކޮށް ކޮމިޓީން ބަޖެޓް ފާސްކޮށްފި
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ބަރާބަރަށް ހިއްސާކުރުމަށާއި ބައެއް އިތުރު ޝަރުތުތައް ހިމެނުމަށް ފަހު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް، މަޖިލީހުގެ ބަޖެޓު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބަޖެޓު ދިރާސާކުރާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަނީ އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަށް އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ.
ނާޒިމް ހުށަހެޅުއްވި އިސްލާހުތަކަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އެ ހުށަހެޅުންތަކާ އެކު ބަޖެޓު ފާސްކުރީ ކޮމެޓީގައި ތިއްބެވި 19 މެމްބަރުންގެ ތެރެއިން 15 މެމްބަރުންގެ ވޯޓުންނެވެ.
ތަފްސީލު - ނާޒިމް ހުށަހެޅުއްވި މައިގަނޑު އެއް ހުށަހެޅުމަކީ ޕީއެސްއައިޕީ މަޝްރޫއުތައް ހަމައަށް އަގުކޮށް، ތަރުތީބުކޮށް ވަކި ގޮތަކަށް އަމަލުކުރަން ހިމެނުމަށެވެ. އޭގެ ތެރޭގައި ހިމެނެނޭ ކަންކަމަކީ:
-
އަމަލީ މަސައްކަތް ފަށާ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ބެހިފައިވާ ގޮތް އެނގޭނެ ގޮތުގެ ލިސްޓެއް ފެބްރުއަރީގެ ނިޔަލަށް މަޖިލީހަށް ހުށަހަޅަން
-
މިހާރު ސޮއިކޮށްފައިހުރި މަޝްރޫއުތަކުގެ ތެރެއިން ހިންގާނެ އަދި ނުހިންގޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް މާޗުގެ ކުރިން މަޖިލީހަށް ހުށަހަޅަން
-
ކުރިއަށްދާ މަޝްރޫއުތަކުގެ ސްޓޭޓަސް ރިޕޯޓެއް ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހެޅުން
މީގެ އިތުރުން ނާޒިމް ހުށަހެޅުއްވި ބައެއް ކަންތައްތަކަކީ:
-
ސަރުކާރު ކުންފުނިތަކުން ބަޖެޓަށް ބަރޯސާވުން ކުޑަކުރަން އެސްއޯއީ ރީފޯމުކުރަން ހިމަނާފައިވާ ކަންކަން ތަންފީޒުކުރާނެ ގޮތުގެ ތާވަލަކާއި އަޅާ ފިޔަވަޅުތައް އެނގޭނެ ގޮތަށް މަޖިލީހަށް ކުއާޓަލީ ރިޕޯޓެއް ހުށަހެޅުން
-
ޓެކްސް ކޮމްޕްލަޔަންސް ހަރުދަނާކުރަން ޓެކްސް ނުދައްކާ ފަރާތްތަކާ މެދު މީރާއިން އަޅާ ފިޔަވަޅުތައް މުރާޖައާކުރުން؛ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހުކުރުން އަވަސްކުރަން ދެންނެވުން
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައިވާާ ގޮތުން:
-
ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައި
-
ހަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައިި
-
އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް
ންނަ އަހަރު އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރަނީ %6.4ގަ އެވެ.
ކޮމެންޓް