ޕީއެންސީ އާ އެއްކޮޅަށް އިޒްރޭލު ޕާސްޕޯޓް މައްސަލައައިގައި ވޯޓު ނުދިން ދެ މެންބަރުން ކަމަށްވާ ތޯރިގު އަދި އަނާރާ
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލުގެ ގަރާރު ބޭރުކުރަން އަނާރާ އާއި ތޯރިގު ވޯޓު ނުދިން
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރާ އެއްކޮޅަށް ޕީއެންސީގެ ދެ މެންބަރުން ވޯޓު ނުދީފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި އެ ވޯޓުގައި ޕީއެންސީ އާ އެއްކޮޅަށް ވޯޓު ނުދިން 2 މެންބަރުންނަކީ:
-
ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް - ވޯޓު ދެއްވީ ވަކިކޮޅަކަށް ނުޖެހި [ އެބްސްޓެއިން]
-
މަހިބަދޫ ދާއިރާގެ މެންވަރު އަހްމަދު ތޯރިގު - ވޯޓު ދިނީ ގަރާރު ފާސް ކުރަން ފެންނަ ކަމަށް
ތަފްސީލް - އެ ދެ މެންބަރުންގެ އިތުުރުން ވެސް ވޯޓުގައި ބައިވެރިވެ ނުވެ ޖަލްސާގައި ޕީއެންސީ މެންބަރުން ތިއްބެވި އެވެ. އެ މެންބަރުންނަކީ:
-
ދަނގެތީ ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު
-
ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު
-
ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން
-
ނައިފަރު ދައިރާގެ މެންބަރު ޔާސީން އަބްދުﷲ
-
ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް
ފާހަގަކޮށްލެވޭ - އެ ގަރާރު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އެމްޑީޕީގެ ފަރާތުން އެ ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެ ބިލު ހުށަހެޅުއްވީ މީގެ ފަސް މަސް ކުރިން ޖޫން މަހު 10ގަ އެވެ.
އެމްޑީޕީން މި ބިލު ހުށަހެޅި ފަހުން، ޖޫންގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވެސް އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ. އެގޮތަށް އޭރު ނިންމީ ބައެއް އާންމުން މިކަމާ ގުޅިގެން އަޑުއުފުލަމުން ގެންދިޔުމުންނެވެ.
ކޮމެންޓް