ދިރާގު ބިލްޑިން: މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އަތުން އިތުރު ޗާޖެއް ނަގަން ބަޖެޓުގައިވަނީ ހިމަނާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބަޖެޓް 2025

މުއާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ

އެ ހިދުމަތުން ފީއެއް ނަގަން ބަޖެޓުގައި ހިމެނިޔަސް އެއިން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ފާހަގަކޮށްފައެއް ނުވޭ
19 ނޮވެމްބަރު 2024
1

މުއާސަލާތީ ހިދުމަތް ދޭ ފަރާތްތަކުގެ އަތުން އަންނަ އަހަރުން ފެށިގެން އިތުރު ފީއެއް ނަގަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކޮށް، ބޭރުގެ ފައިސާއިން ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ކުރުމުގެ ގާބިލްކަންް އިތުރުކުރުމަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރު ކުރަން ސިޔާސަތުތަކެއް ހިމަނާފަ އެވެ.

ތަފްސީލް - އޭގެ ތެރޭގައި ވަނީމ ރާއްޖޭގެ ރޭޑިއޯ ފްރިކުއެންސީ ސްޕެކްޓްރަމް ހަރުދަނާކަމާ އެކު ބެލެހެއްޓުމަށް ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށް ރާވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން ބަޖެޓު ފޮތުގައި ވަނީ:

  • އެ ފީ ނަގާނީ އަންނަ އަހަރުން ފެށިގެން

  • އެކަމުން ލިބޭނެ އާމްދަނީ ހިމަނާފައެއް ނުވޭ

އޭގެ އިތުރުން، ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރަން ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި:

  • އަމިއްލަ ކުންފުނިތަކުން ބިން ހިއްކުމުގެ މަޝްރޫއުތަކުން އިތުރު ފީއެއް ނެގުން

  • މިހާރު ޖީއެސްޓީ ނުނެގޭ ބައެއް މުދަލާއި ހިދުމަތް ޓެކްސް ކުރެވޭނެ ގޮތަށް ނިޒާމް އިސްލާހު ކުރުން

  • ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން؛ އެކަމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވަނީ ގެެނެސްފައި

  • ގްރީން ޓެކުހާއި ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) ރޭޓު ބޮޑުކުރުން؛ އެ ކަމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވަނީ ގެނެސްފައި

އެނގުން މުހިންމު - އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ 40 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 29 ބިލިއަން ހޯދަން ކަނޑައަޅާފައިވަނީ ޓެކްސްގެ ގޮތުގަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ސިކުނޑި

19 ނޮވެމްބަރު 2024
އާމްދަނީގެ ގޮތުގައި 40 ބިލިއަން ލިބޭނެ ހަމައެއްގޮތެއްވެސް ނެތް! ބަޖެޓް އަލުން ދިރާސާ ކުރަންޖެހޭ! އެކަން ކުރެވޭނެ ގާބިލިކަމެއް މަޖިލީހަކުނެތް!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް