އެމްއެންޔޫގެ ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑް ސައިންސަސް އަޅަން އއ. ތޮއްޑޫއިން ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/އެމްއެންޔޫ)
ތޮއްޑޫގައި އެމްއެންޔޫގެ ދަނޑުވެރިކަމަށް ހާއްސަ ފެކަލްޓީއެއް އަޅަން ބިން ހަވާލުކޮށްފި
އއ. ތޮއްޑޫގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑް ސައިންސަސް އަޅަން ބޭނުންވާ ބިން އެ ރަށު ކައުންސިލުން އެ ޔުނިވާސިޓީއާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ފެކަލްޓީ އަޅަން ތޮއްޑޫއިން 80،000 އަކަފޫޓުގެ ބިން ކަނޑައަޅައި އެމްއެންޔޫއާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ހަފްލާއެއްގަ އެވެ.
ތަފްސީލު - އެމްއެންޔޫއިން ބުނީ އެ ފެކަލްޓީގައި މުހިންމު ހަތަރު ޑިޕާޓްމަންޓު ގާއިމުކުރާނެ ކަމަށެވެ. އެއީ:
-
1-
ޑިޕާޓްމަންޓް އޮފް ހޯޓިކަލްޗާ
-
2-
ޑިޕާޓްމަންޓް އޮފް ޕްލާންޓް ޕްރޮޓެކްޝަން
-
3-
ޑިޕާޓްމަންޓް އޮފް ސޮއިލް އެންޑް ވޯޓާ މެނޭޖްމަންޓް
-
4-
ޑިޕާޓްމަންޓް އޮފް ފުޑް ސައިންސަސް އެންޑް ޓެކްނޮލޮޖީ
އެ ހުރިހާ ޑިޕާޓްމަންޓުތަކުގައި ވެސް ޒަމާނީ ވަސީލަތްތަކާއި ހާއްސަ ލެބޯޓްރީތައް ހުންނާނެ އެވެ. އެމްއެންޔޫއިން ބުނީ މިފަދަ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ދަރިވަރުންނަށް އަމަލީ ތަޖުރިބާ ލިބުމުގެ އިތުރަށް ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރަން ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކުރަން މަގުފަހިވާނެ ކަމަށެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި އެ ފެކަލްޓީ ގާއިމުކުރުމުން ލިބޭނެ ކުރިއެރުންތަކަކީ:
-
ރާއްޖޭޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ޒަމާނީ އާ ޓެކްނޮލޮޖީ އާއި އުފެއްދުންތެރި ހިޔާލުތައް ތައާރަފުވުން
-
އިގްތިސާދަށް އިތުރު ފުރުސަތުތަކެއް ހުޅުވުން
-
ޒުވާނުންނަށް ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބުން
-
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން މަގުފަހިވުން
-
ދަނޑުވެރިކަމުގެ ދާއިރާއިން ކުރެވޭ ދިރާސާތަކާއި ތަހުލީލުތައް އިތުރުވުން
ކޮމެންޓް