ރައީސް މުހައްމަދު މުއިއްޒު ދަރުމަވަންތަ ހޮސްޕިޓަލް މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)
ޓާޝަރީ ފެންވަރުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި
ބޭނުން ކުރަން ފެށިތާ ފަސް އަހަރު ފަހުން، ޓާޝަރީ ފެންވަރުގައި ދަރުމަވަންތަ ހޮސްޕިޓަލް ރައީސް މުހައްމަދު މުއިއްޒު މިރޭ ރަސްމީކޮށް ހުޅުއްވައިިދެއްވައިފި އެވެ.
ތަފްސީލް - އެ ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގެ ރަޖިސްޓްރީ އާއި ހިންގުމުގެ ހުއްދަ ވަނީ ހަވާލުކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވީ މަރާމާތުކޮށް އާ ހިދުމަތްތަކަކާ އެކުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ފާޓިލިޓީ ސެންޓަރު - ދަރިމައިވުމާ ގުޅޭ ގިނަ ފަރުވާތަކެއް ލިބޭނެ. އޭގެ ތެރޭގައި އައިޔޫއައި، އައިވީއެފް، އެގް ފްރީޒިން، ސްޕާމް ފްރީޒިން އަދި އެމްބްރޮޔޯ ފްރީޒިން ހިމެނޭ
-
ކުޑަކުދިންނަށް ހާއްސަ އިމަޖެންސީ ރޫމް - އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ މިތަނުގައި ތިން ހާލަތަކާ ގުޅޭގޮތުން ވަކިވަކިން ފަރުވާދޭނެ އަދި މިތަނުގައި އައިސޮލޭޝަން ރޫމެއް ހިމެނޭ
-
ހައިބްރިޑް ކެތު ލެބް - ހިތާއި ނާރުގެ ބަލިތަކަށް ފަރުވާދޭ މިތަނުގައި ހާޓް އެޓޭކް ފަދަ ފުރާނައަށް ނުރައްކާވާ ބަލިތަކަށް ހާއްސަ ފަރުވާ ދޭނެ
މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ލޯގޯ ވެސް އިފްތިތާހުކޮށްދެއްވާފަ އެވެ.
އެނގުން މުހިންމު - ދަރުމަވަންތަ ހޮސްޕިޓަލް ބޭނުންކުރަން ފެށީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ކުރީކޮޅު އެވެ. އެތަން ރަސްމީކޮށް ހުޅުވަން އެ ސަރުކާރުން ތާރީހުތަކެއް ދިން ނަމަވެސް ހުޅުވާފައެއް ނުވެ އެވެ.
ކޮމެންޓް (1)
ސިކުނޑި